އެމްޕީއެލްގެ މުވައްޒަފުން ޕެޓިޝަން ކޮމެޓީއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
08 Sep 2022 | 03:49
އެމްޕީއެލް ފްލެޓުތަކުގެ ޝަކުވާއާއެކު މުވައްޒަފުން މަޖިލީހަށް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ފްލެޓުތަކުގެ މައްސަލަތާއި ގުޅޭ ގިނަ ޝަކުވާތަކެއް އެ ކުންފުނީގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއާއި ހިއްސާކޮށްފިއެވެ. 

ފްލްޓުތަކުގެ ޝަކުވާތައް ކޮމެޓީއާއި ހިއްސާކުރި މުވައްޒަފަކު ކިޔައިދިން ގޮތުގައި 2020 ވަނަ އަހަރު ދެވަނަ ފަހަރަށް އިއުލާނުކުރެވުނު ފްލެޓްގެ ޑައުންޕޭމެންޓް ކަންތަކާއި ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ވަނީ ބުނެފައެވެ. އަދި މަޖިލީހަށް ޕެޓިޝަނެއް ހުށައެޅީވެސް އެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކުގެ ސަބަބުންކަން އޭނާ ފާހަގަކޮށްފައިވެއެވެ. 

އޭނާ ބުނީ އެމްޕީއެލްގެ ފްލެޓް ލިބުނު 534 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ މިވަގުތު ފެލްޓަށް ކަނޑައަޅާފައިވާ ޑައުންޕޭޕެންޓް ދެއްކޭ ހާލަތުގައި ތިބި މުވައްޒަފުން ނޫންކަމަށާއި އެ ދަދަކީ އެ މުވައްޒަފުންގެ މުސާރައާ ނުބައްދަލު އަދަދެއް ކަމަށެވެ.

އެ ފަރާތުން ކޮމެޓީއަށް ކިޔައިދިން ގޮތުގައި މުވައްޒަފުންވަނީ އެ ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއިވެސް ބައްދަލުކޮށްފައެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ އެދުވަހުގެ ބައްދަލުވުމުގައި ފްލެޓު ލިބުނު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެކަމަށް ރައީސް ސޯލިހު ވިދާޅުވިނަމަވެސް ފްލެޓާއި ގުޅިގެން މިހާރު އުސޫލު އޮތް ގޮތުން އެގްރިމަންޓުގައި ސޮއިކުރާތާ ތިންމަސް ދުވަހުގެ ތެރޭގައި ޕޭމަންޓު ނުދައްކައިފިނަމަ އެގްރިމަންޓު ބާތިލުވާގޮތަށް އޮތުމަކީ ފްލެޓު ގެއްލިގެން ދިއުމަށް މަގުފަހުވާނެކަމެއްކަން ކޮމެޓީއާއި ބައްދަލުކުރި މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ. އަދި ސްޓާފުންގެ ހުރި ބޮޑުކަންބޮޑުވުމެއްކަމަށް ބުނެފައިވެއެވެ. 

ކޮމެޓީގައި ވާހަކަ ދައްކަމުން އިތުރު މުވައްޒަފަކު ބުނެފައިވަނީ ތަން ނިންމާ މުވައްޒަފަށް ތަޅުދަނޑި ހަވާލުކުރުމަށްފަހުވެސް އެތަނަށް ވަނުމަށް މުއްދަތެއް ދޭން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށާއި އެތަނަށް ވަނުމަށް ކުރަން ޖެހޭ މަރާމާތަށްވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެކަމަށެވެ.

އެހެންކަމުން ފްލެޓަށް ވަނުމަށް މަދުވެގެން ހަމަސް ދުވަހުގެ ގްރާސް ޕީރިއެޑެއް ކަނޑައެޅުން މުހިންމުކަން އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. 

އޭގެއިތުރުން ފްލެޓާއި ބެހޭ މައުލޫމާތު ކުންފުނިން އެންމެ ރަނގަޅު ގޮތެއްގައި ފޯރުކޮށްދީފައި ނެތުމުގެ ޝަކުވާވެސް މުވައްޒަފުންވަނީ ކޮމެޓީއާއި ހިއްސާކޮށްފައެވެ. 

އެމްޕީއެލްގެ ފްލެޓުތަކީވެސް ހިޔާ މަޝްރުއުގެ ދަށުން އަޅާ ފްލެޓުތަކެކެވެ. އެގޮތުން އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ތިން އިމާރާތް އަޅާގޮތަށް ވަނީ ހަވާލުކޮށްފައެވެ. އެއީ ދެ ކޮޓަރީގެ 204 ފްލެޓެވެ. 

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓުތައް ލިބޭ އެ ކުންފުނީގެ މުވައްޒަފުންގެ ދާއިމީ ލިސްޓު ވަނީ އާންމުކޮށްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ