ޑްރަގާއެކު ދިވެހިން ހައްޔަރު ކުރުން- ފޮޓޯ/ ތައި ޕޮލިސް
ހަބަރު
07 Oct 2026 | 12:54
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޕްރަތުނާމް ސަރަޙައްދުގައި ހުންނަ ކާގޯ ޚިދުމަތްދޭ ތަނަކަށް ޓޭޕް އަޅައި ބަންދުކޮށްފައިވާ ބޮޑެތި ފޮށިގަނޑުތަކެއް އެ ދެމީހުން ގެނައުމުން އެއާމެދު ޝައްކު އުފެދިގެން، އޮކްޓޫބަރު 5 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ތަޙުގީގަށް ފަހުގައެވެ.

އެގޮތުން، ފޮށިތައް ވަރަށް ބާރަށް ޓޭޕް އަޅައި ބަންދުކޮށްފައި ހުރި ނަމަވެސް، އެ ފޮށިތަކުން ގަދަވަހެއް ދުވާތީ، އެއީ ޤާނޫނާ ޚިލާފު އެއްޗެއް ކަމަށް ޝައްކުކޮށް ކާގޯ އޮފީހުގެ މުވައްޒަފުން ވަނީ އެ ތަކެތި އަނބުރާ ގެންދިއުމަށް އެމީހުންނަށް އެންގުމަށްފަހު ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ތަޙުގީގު ޓީމުން ބެލިބެލުމުން އެ ފޮށިތައް ދެން ފެނިފައިވަނީ ރަޗަތޭވީ ޑިސްޓްރިކްޓްގެ ސޮއި ޕެޗްބުރީ 11 ގައި ހުންނަ ޑޯމިޓަރީއެއްގެ ތިރީގައި ބަހައްޓާފައި ހުއްޓައެވެ. އެއީ އެހެން ކުންފުންޏެއް މެދުވެރިކޮށް އެ ތަކެތި ފޮނުވުމަށް ތައްޔާރުކޮށްފައި ކަމަށް ބެލެވޭ ކަމަށާ، އެ ސަރަޙައްދު ފުލުހުން މޮނިޓަރ ކުރަމުން ދަނިކޮށް، މި ދެމީހުން ޓުކްޓުކެއް ގެނެސްގެން އެ ފޮށިތައް އަރުވަން އުޅެނިކޮށް ފުލުހުން ވަނީ އެ ދެ މީހުން ހުއްޓުވައި ފޮށިތައް ފާސްކޮށްފައެވެ.

ފުލުހުން އެ ފޮށިތައް ބަލައި ފާސްކުރިއިރު، ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް 8 ތަށީގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 2.37 ކިލޯގްރާމްގެ ކްރިސްޓަލް މެތް ފެނިފައިވާ ކަމަށާ، ކޮންމެ ތައްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ މެތް ރައްކާކޮށްފައި ހުރި ކަމަށް ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅައި ޓޭޕް އަޅާފައި ހުރި ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ކެނެބިސް ވެސް ވަނީ ފެނިފައިވާ ކަމަށާ، މި މަސްތުވާތަކެތި ފޮރުވާފައި ހުރީ އާދައިގެ މުދާ ހުރި ފޮއްޓެއްހެން ހީވާ ގޮތަށް، ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރު ފަދަ ތަކެތީގެ ތެރޭގައި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ފަސް ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދެ މީހުން ވަނީ ޕަޔާތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އެ ދެ މީހުންގެ މައްޗަށް ވަނީ ހުއްދައެއް ނެތި ވިއްކުމުގެ ބޭނުމުގައި ކެޓަގަރީ 1 ގެ މަސްތުވާތަކެތި ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމިން ގެންގުޅުމާއި ބެހުމުގެ ތުހުމަތު ކޮށްފައެވެ. ނަމަވެސް، އެ ދެ މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެ މީހުން ބުނެފައިވަނީ ފޮށިތަކުގައި މަސްތުވާތަކެތި ނުވަތަ ޤާނޫނާ ޚިލާފު އެއްޗެއް ހުރިކަން ނޭނގޭ ކަމަށާއި، އެއީ ރައްޓެއްސަކު އެދިގެން ފޮނުވައިދޭން އުޅުނު ތަކެތި ކަމަށެވެ. އަދި ފުރަތަމަ ކާގޯ ކުންފުނިން އެ ފޮށިތަކުން ވަސްދުވާތީ ބަލައިނުގަނެ އަނބުރާ ގެންދަން އެންގުމުން އެ ތަކެތި ހުރުމަށް ހަމަޖެހިފައިވާ ތަނުގައި ބެހެއްޓީ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ތައިލެންޑުގެ ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަޤްވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ބެލުމަށާއި، މި ކަމުގައި ބައިވެރިވާ އެހެން މީހުން ހޯދުމަށް އިތުރު ތަޙުގީގުތައް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ