ރޭގެ އެކްސިޑެންޓް
ހަބަރު
07 Oct 2026 | 11:37
ރޭގެ އެކްސިޑެންޓް: ”ހަތަރު މީހެއްގެ ހާލު ސީރިއަސް؛ ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ“

ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިޅުމަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

މި ހާދިސާ ހިނގުމާއެކު އަނިޔާވި ފަސް މީހުންނަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް މިހާރު ވަނީ މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ އިދާރާގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި ތިން މީހުން އަރައިގެން ދަތުރުކޮށްފައިވަނީ މަގުގެ ޓްރެފިކް ޤަވާޢިދާ ޚިލާފަށް، ވަންވޭއާ އިދިކޮޅަށެވެ.

އަދި އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫންކަން ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.