އިންޖެކްޝަން ޖަހައިގެން މަރުނުވި މީހާ-
ދުނިޔެ
07 Oct 2026 | 12:17
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.

މިއީ ވިހަ މާއްދާ ހަށިގަނޑަށް ފޮނުވާލުމަށްފަހު މަރުގެ އަދަބުން މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށް ބީބީސީން ބުނެއެވެ.

އުމުރުން 50 އަހަރުގެ ޕައިކްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ބިޑިއަޅުވައިގެން ފަރުވާ ދޭ ހާލަތުގައި ކަމަށެވެ. އަދި އޭނާ ރަނގަޅުވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަކީލުން ބުންޏެވެ.

ޕައިކް މަރަން ހުކުމްކޮށްފައިވަނީ 1995 ވަނަ އަހަރު، އޭނާގެ އުމުރުން 18 އަހަރުގައި، އޭރުގެ ލޯބިވެރިޔާއާ ގުޅިގެން ކޮލީން ސްލެމާ ނަމަކަށް ކިޔާ 19 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް މަރާލި މައްސަލައިގައެވެ.

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި އޭނާގެ ގަޔަށް ދެ ފަހަރެއްގެ މަތިން ވިހަ މާއްދާއެއް ކަމަށްވާ 'ޕެންޓޯބާބިޓަލް' ޖަހައިގެން މަރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެއަށްފަހު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް، ވިހައިގެ އަސަރު ހަށިގަނޑުން ފިލުވުމަށް ފަރުވާ ދެމުން ދިޔައިރު އޭނާ ވަނީ ހޭނެތިފައެވެ.

ފޯޑަމް ލޯ ސްކޫލްގެ ޕްރޮފެސަރެއް ކަމަށްވާ ޑެބޮރާ ޑެންނޯ ބީބީސީއަށް ވިދާޅުވީ، މީގެ ކުރިންވެސް މަރުގެ އަދަބުން މީހުން ސަލާމަތްވެފައި އެބަހުރި ކަމަށާއި ނަމަވެސް އެ ހުރިހާ ހާލަތެއްގައިވެސް ކަން ހިނގާފައިވަނީ ލޭ ހޮޅި ނުފެނިގެން ވިހަ އިންޖެކްޝަން ނުޖެހި ކަމަށެވެ. އެހެންނަމަވެސް ޕައިކްގެ ހަށިގަނޑަށް ވިހަ ފޮނުވާލުމަށްފަހުވެސް އޭނާ ސަލާމަތްވުމަކީ މުޅިން އަލަށް ހިނގި، ހައިރާންކުރުވަނިވި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕައިކްގެ ދިފާއީ ޓީމުގައި ހިމެނޭ އެނެސްތީސިއޮލޮޖިސްޓް ޑރ. ޖޮއެލް ޒިވޮޓް ވިދާޅުވީ، ޕައިކްގެ ހަށިގަނޑަށް ޖެހި ވިހައިގެ ދެ ޑޯޒަކީ އާދައިގެ ހާލަތެއްގައި އޭނާ ވަގުތުން މަރުވާނެ މިންވަރެއް ކަމަށެވެ. ނަމަވެސް އޭނާ ސަލާމަތްވީ އެ ވިހަ މާއްދާތައް ސީދާ ލޭގެ ހިނގުމުގެ ތެރެއަށް ނުގޮސް، ހަމުގެ ދަށުގައިވާ މަސްތަކުގެ ތެރެއަށް ފެތުރިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޕައިކްގެ އަތަށް މިކަމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ވަކީލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޓެނެސީގެ ގަވަރުނަރު ބިލް ލީ ވަނީ މި އަހަރުގެ ބާކީ އޮތް ބައިގައި އެ ސްޓޭޓްގައި މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން މެދުކަނޑާލައްވާފައެވެ. އަދި އެ ސްޓޭޓްގެ ޖަލުތަކާ ބެހޭ އިސްވެރިޔާ ވަނީ އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވާފައެވެ.

މި މައްސަލައިގައި ޕައިކްގެ ވަކީލުން ނޭޝްވިލްގެ ކޯޓަށް ހާޒިރުވުމަށް ހަމަޖެހިފައިވާއިރު، އޭނާއަށް ދެވަނަ ފަހަރަށް މަރުގެ އަދަބު ދޭން މަސައްކަތް ކުރާނެ ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟