އެމްއެންޔޫ ސިމްޕޯޒިއަމް ފެށުން-
ހަބަރު
07 Oct 2026 | 11:26
ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.

އެމްއެންޔޫއިން މަޢުލޫމާތު ދިން ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގައި އެ ޔުނިވަރސިޓީގެ 290 އެކަޑަމިކް މުވައްޒަފުން ބައިވެރިވެއެވެ. މިއީ ތަޢުލީމީ ބަހުސްތަކާއި، އައު އީޖާދުތަކާއި، ކިޔަވައިދިނުމުގެ އެންމެ ފުރިހަމަ ގޮތްތައް ޙިއްޞާކުރުމުގެ ތެރެއިން އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅި ހަރުދަނާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މި ސިމްޕޯޒިއަމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ދެއްވި ތަޤުރީރަކުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކިޔަވައިދިނުމާއި އުނގެނުމުގެ އިލްމީ ދިރާސާތަކަށް ޚާއްޞަ އިސްކަމެއްދޭ ޔުނިވަރސިޓީ މާޙައުލެއް ބިނާކުރުމުގެ ތަޞައްވުރު ހާމަކުރެއްވިއެވެ. އަދި އެކަޑަމިކް ދާއިރާގައި ދަރިވަރުންގެ އުނގެނުމަށް އެންމެ އިސްކަންދީ، ކިޔަވައިދިނުމުގެ އުޞޫލުތައް މުރާޖަޢާކޮށް އިތުރަށް ވަރުގަދަކުރުމަށް ލެކްޗަރަރުންނަށް ބާރުއެޅުއްވިއެވެ.

"ތަޢުލީމީ މަޝްވަރާތަކާއި އީޖާދީ ވިސްނުންތަކުގެ ތެރެއިން ކިޔަވައިދިނުމުގެ މޮޅު ފެންވަރެއް ޤާއިމުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ސިމްޕޯޒިއަމްގެ ތެރެއިން ޢަމަލީ ތަޖުރިބާތައް ޙިއްޞާކުރުމުގެ 12 ޕްރެޒެންޓޭޝަނަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތުގެ 4 ލައިވް ޑެމޮންސްޓްރޭޝަނެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ކްލާސްރޫމްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ތަޖުރިބާތަކާ ގުޅޭގޮތުން ގުޅިގެން މަޝްވަރާކުރުމަށް 15 "ލަރނިންގ ސަރކަލް" އެއް މި ސިމްޕޯޒިއަމްގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، މި ސިމްޕޯޒިއަމްގެ ސަބަބުން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކުރުން (އެސްޑީޖީ 4)، ޞިނާޢަތާއި އީޖާދު އަދި އުމްރާނީ ތަރައްޤީ (އެސްޑީޖީ 9) އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގުޅުން ބަދަހިކުރުން (އެސްޑީޖީ 17) ހާސިލުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ.

މިފަދަ ހަރަކާތްތަކުގެ ޒަރީޢާއިން، ދަރިވަރުންނަށް ފައިދާހުރި ތަޢުލީމީ މާޙައުލެއް ފަހިކޮށްދިނުމަށްޓަކައި، މުދައްރިސުންގެ މެދުގައި އީޖާދީ އަދި ގުޅިގެން މަސައްކަތްކުރުމުގެ ޘަޤާފަތެއް އާލާކުރުމަށް އެމްއެންޔޫއިން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.