މެސީ ވަދާއީމެޗްގެ ތެރެއިން.. ފޮޓޯ: އާޖެންޓީނާ
ކުޅިވަރު
07 Oct 2026 | 10:15
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ އާޖެންޓީނާގެ ލިއޮނެލް މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީމެޗް މޮޅަކުން ނިންމާލައިފިއެވެ.

ބުއެނޯސް އައިރީސްގައި ކުޅުނު މެސީގެ ވަދާއީ މެޗްގައި ނިކުތީ ބެނިންއާ ދެކޮޅަށެވެ. މި މެޗުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެސީ ދިން ބޯޅައަކުން ނިކޮލަސް އޮޓަމެންޑީ ވަނީ އާޖެންޓީނާއަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން ނިކޯ ޕާޒް ޖެހި ހިތްގައިމު ލަނޑަށް ވެސް މަގުފަހިކޮށްދިނީ މެސީއެވެ.

މެސީ ވަދާއީމެޗްގެ ތެރެއިން.. ފޮޓޯ: އާޖެންޓީނާ

މެޗުގެ ފަހު ލަނޑު ފެނިގެންދިޔައީ ލިބުނު ޕެނަލްޓީއަކުން މެސީ ކާމިޔާބުކުރި ލަނޑުންނެވެ. މެޗަށްފަހު މެސީވަނީ އޭނާގެ ޓީމުގެ ކުޅުންތެރިންނާ އަދި ބެނިންގެ ކުޅުންތެރިންނާ ސަލާމްކޮށްފައެވެ. އަދި ދަނޑަށް ހާޒިރުވެތިބި އެންމެނާ އަތުގެ އިޝާރާތުން ވަނީ ވަދާއީ ސަލާމްކޮށްފައެވެ.

މެސީގެ ކެރިއަރުގައި އާޖެންޓީނާގެ ޤައުމީ ޓީމަށް ހޯދައިދިން އެންމެ ބޮޑު ކާމިޔާބީއަކީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ މެސީ ވަނީ އާޖެންޓީނާއަށް 2021 ގެ ކޮޕާ އެމެރިކާ އަދި 2022 ގެ ފިނަލިސިމާ ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މެސީގެ ވަދާއީމެޗަށް ބުއެނޯސް އައިރީސްގެ މަޝްހޫރު ޕްލާޒާ ޑެ ލާ ރެޕަބްލިކާ ސަރަހައްދަށް އެތައްހާސްބަޔަކު ވަނީ އެއްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.