އިސްރާއިލް ކުޅުންތެރިންނާ އަޔަލެންޑްކުޅުންތެރިންގެ ދެމެދު ކުރިމަތިލުމެއް ހިނގަނީ-
ކުޅިވަރު
07 Oct 2026 | 08:45
އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.

ސާބިއާގެ ބަކާ ޓޮޕޯލާގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވެފައިވާއިރު، މި ހަމަނުޖެހުން ހިނގާފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމިގެން ޓަނަލް ތެރެއިން ޓީމުތައް ޑްރެސިން ރޫމަށް ދިޔަ ވަގުތުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލު ކުޅުންތެރިއަކު ވަނީ ގަސްދުގައި ކުޅުޖަހާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަޔަލެންޑްގެ ހެޑް ކޯޗު ހެއިމިރް ހަލްގްރިމްސަން ވަނީ އެފަދަ ހާދިސާއެއް ހިނގިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދޭން އޭނާ ދެކޮޅު ހެދިއެވެ.

"އާނ، އަހަރެން އެތަނުގައި ހުރިން،" ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުންޏެވެ. "އެކަމަކު އަހަރެން އެކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އެއީ ޑިސިޕްލިނަރީ ކޮމިޓީން ބަލަންޖެހޭނެ ކަމެއް."

މި މައްސަލައާ ގުޅިގެން ޔުއެފާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާފްޓައިމްގައި ޓަނަލް ތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ރަސްމީ ރިޕޯޓްތައް ބެލުމަށްފަހު، ކުޅުންތެރިންގެ ފަރާތުން ފެނުނު އަހުލާގީ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރަކު މިހާރު އައްޔަންކޮށްފައިވާ ކަމަށެވެ.

އަނެއްކޮޅުން މި ހާދިސާއާ ގުޅޭގޮތުން އިޒްރޭލުގެ ކޯޗު ރަން ބެން-ޝިމޯންއާ ސުވާލުކުރުމުން އޭނާ ބުނީ އެފަދަ އެއްވެސް ކަމެއް އޭނާއަށް ފެނިފައިނުވާ ކަމަށެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ އުދުވާންތަކުގެ ސަބަބުން ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މިއީ އެއް ހަފްތާ ތެރޭގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗެވެ. ހަންގޭރީގައި ކުޅުނު ފުރަތަމަ މެޗު 3-0 އިން ކާމިޔާބުކުރީ އަޔަލެންޑެވެ.

މި މެޗު ފެށުމުގެ ކުރިން އިޒްރޭލުގެ ކުޅުންތެރިންނާ ސަލާމްކުރުމަށް އަޔަލެންޑްގެ ޓީމުން ވަނީ އިންކާރުކޮށްފައިވާއިރު، ޣައްޒާ ގަތުލްއާއްމާ ދެކޮޅަށް އަޑު އުލުމަށް ޓީމުކުލުންތެރިން ތިބީ ކަޅު ބޭންޑު އަޅައިގެންނެވެ:

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.