އެކްސިޑެންޓްގައި އަނިޔާވި މީހުން
ހަބަރު
07 Oct 2026 | 08:06
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ފަސް މީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެގޮތުން، އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ބުންޏެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރި އިރު، ފަސް މީހުންނަށްވެސް ބޮޑެތި އަނިޔާ ވެފައިވެއެވެ. 

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ