ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Sep 2022 | 20:44
އިނގިރޭސީންގެ ހިމާޔަތް ނުލިބުނު ނަމަ ރާއްޖެ ނިކަމެތިވީސް: ގާސިމް އިބްރާހިމް

އިނގިރޭސީންގެ ހިމާޔަތް ދިވެހިރާއްޖެއަށް ނުލިބުނު ނަމަ ދިވެހިރާއްޖެ ވަރަށް ބޮޑަށް ނިކަމެތިވެގެން ދިޔައިސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ގާސިމް މިފަދައިން ވިދާޅުވީ ރާނީ އެލިޒަބަތު ދެވަނަ، އަދި ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް މަޖިލީހުގައި ތަމްސީލުކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ދެއްވުމާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރާނީގެ ޚިދުމަތުގެ ހަނދާން އާކުރައްވާ ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަށް ގިނަ ގުނަ ހިދުމަތްތަކެއް ރާނީ އެލިޒަބަތު 2ގެ ވެރިކަމުގައި ކޮށްދެއްވާފައިވާކަމަށާއި އެކަމަނާގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ވަރަށް ގިނަ ގުނަ އެހީތެރިކަންވެސް ފޯރުކޮށްދެއްވާފައިވާކަމަށެވެ.

އަދި ދުނިޔޭގެ ހާލަތު އޭރު އޮތް ގޮތުން، އިނގިރޭސިންގެ ހިމާޔަތް ދިވެހިރާއްޖެއަށް ނުލިބުނު ނަމަ، ރާއްޖެ ވަރަށް ބޮޑަށް ހާލުގައި ޖެހުނިސްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. 

ގާސިމްގެ ވާހަކައިގައި ވަނީ އިނގިރޭސިންގެ ހިމާޔަތް ދިވެހިންނަށް ލިބުނު ދުވަސްވަރަކީ ދުނިޔޭގެ އެކި ބާރުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އޭރު ދިވެހިން އޮތީ އަމިއްލައަށް ކަންކަން ނިންމޭނެ ފަދަ ހާލަތެއްގައި ނޫންކަމަށް ގާސިމް ވިދާޅުވިއެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ، ދިވެހިންގެ ހާލަތު ރަނގަޅުވެ، އަމިއްލައަށް ޚާރިޖީ ކަންކަން ނިންމުމުގެ ބާރުވެރިކަމާއި، ގާބިލުކަން ލިބުނު ހިސާބުން، މިނިވަންކަމާއެކު އޮންނަން ބޭނުންވާކަމަށް ރާނީގެ އަރިހުގައި އެދިލެއްވުމުން އެކަމަނާ ދިވެހިންނަށް އެ ފުރުސަތުވެސް ފަހިކޮށްދެއްވާފައިވާ ކަމަށެވެ. 

ގާސިމް ވަނީ އެ ކަންކަން ފާހަގަކުރައްވާ އިނގިރޭސި ދައުލަތަށާއި، އިނގިރޭސި ރާނިއަށް ޝުކުރުއަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.