ހަބަރު
07 Sep 2022 | 22:19
މިސަރުކާރުން ތިނަދޫއަށް ވެފައިވާ ވައުދުތައް ކުރިއަށްނުދޭ: ސަނީފް

މިސަރުކާރުން ގދ.ތިނަދޫއަށް ވެފައިވާ ވައުދުތައް ކުރިއަށްނުދާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާ ސުވާލު ކުރައްވަން ލިބުނު ފުރުސަތުގައި ސަނީފް ވަނީ ރައީސް ޞާލިހު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ތިނަދޫއަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ތަންފީޒު ވެގެން ނުދާނީ ކަންބޮޑުކަމާއިއެކު އެކަން ފާހަގަކޮށްފައެވެ.

ސަނީފް ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، ރައީސް ޞާލިޙު ތިނަދޫއަށް ވެފައިވާ ވައުދުތައް ތަންފީޒު ކުރުމުގެ ބަދަލުގައި މުޅިން އާ ކަންތައްތަކެއް ފަށައިގެން ކުރިއަށް ގެންދަނީ ކޮން ސަބަބާއި ހެދިތޯ ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ވަޒީރަކީ ރައީސް ޞާލިހުގެ ވައުދުތައް ތަންފީޒު ކުރަން ހުރި އެންމެ މުހިންމު ފަރާތަށްވާއިރު، ވައުދުތައް ފުއްދުމުގައި އެކަށީގެންވާ މަސައްކަތް ނުކުރާ ސަބަބަކީ ކޮބައިތޯވެސް ސަނީފްވަނީ ސުވާލު ކުރައްވާފައެވެ.

ސަނީފުގެ ސުވާލު ކުރެއްވުމުން ފިނޭންސް މިނިސްޓަރ ވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ޓެންޑާ މަރުހަލާގައާއި އެނޫން މަރުހަލާތަކުގައި ފެންނަން ހުންނާނެކަމަށެވެ. އެހެން ނަމަވެސް އެބޭފުޅާގެ ސުވާލަށް ސީދާ ޖަވާބު ދެއްވާފައެއް ނުވެއެވެ. ސަނީފް ވަނީ މީގެ ކުރިންވެސް މިސަރުކާރުން ތިނަދޫ އަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ