ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
13 Sep 2022 | 12:19
އަޅުގަނޑުމެންވެސް ބަލަނީ އަޅުގަނޑުމެންގެ ޖީބަށް ވަންނާނީ ކިހާވަރެއްތޯ: އަފީފު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އެންމެހައި އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެންމެންވެސް، ބަލަނީ އެމީހެއްގެ ޖީބަށް ވަންނަނީ ކިހާވަރެއްތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ގަރާޖު ސިޓީ އުވައިލެއްވުމަށް ރަައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހަޅުއްވާފައިވާ އެއްގަމު އުޅަނދުފަހަރާ ގުޅޭ ޤާނޫނުގެ އިސްލާހަށް ބަހުސްކުރައްވަމުން އަފީފް ވިދާޅުވީ، ދަތުރުފަތުގެ ނިޒާމުގެ ވާހަކަ ދައްކާއިރު އެންމެ ބޮޑަށް ދެކެވޭ ވާހައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. ސަރުކާރުން ކޮރަޕްޝަން ރީޒޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅޭއިރު، ކޮރަޕްޝަން ހިންގާ މީހުންނަށް އެސިޔާސަތު ނުހިނގާކަމަށެވެ.

މިއާއެކު އަފީފް ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ތެރެއިން ހިންގާ ކޮރަޕްޝަންގެ ވަހަތަކަކީ ތަކުރާރުކޮށް އަޑުއިވޭ ވާހަތަކެއް ނަމަވެސް، މިނިސްޓަރުން ކޯފާވާނެތީ، އެފަދަ ވާހަކަތައް ދައްކަން މެންބަރުންނަށްވެސް ނުކެރޭކަމަށެވެ. އަދި އެފަދަ ކަން ކަން ބަލަން ތިބޭ އިދާރާތަކަށްވެސް އެ މައްސަލަ ނުބެލޭކަމަށް އަފީފް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގަރާޖު ސިޓީއަށް އެތައް ބައިވަރު ފައިސާ ނަގައިގެން ވެހިކަލްތައް ރަޖިސްޓްރީ ކުރާކަމީވެސް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި އަފީފް އިތުރަށް ވިދާޅުވީ، މިނިސްޓްރީގައި ތިއްބެވި ބޭފުޅުންވެސް އަދި މާލެ ސިޓީގައި ތިއްބެވި ބޭފުޅުންވެސް، އަދި މަޖިލީހުގެ މެންބަރުންވެސް ބަލަނީ އަމިއްލަ މަންފާއަށް އަމިއްލަ ޖީބަށް ވަންނަ އަދަދު ހޯދުމަށް ކަމަށެވެ.

"މިއީ މިއަދު އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ މައްސަލަ އަކީ. އެންމެންވެސް މި ބަލަނީ ހަމައެގޮތަށް. އަޅުގަނޑުމެންވެސް މި ބަލަނީ ހަމައެގޮތަށް. އަޅުގަނޑުމެންގެ ޖީބަށް ކިހާވަރެއްތޯ ވަންނަނީ. މިއީ އަޅުގަނޑުމެންގެ މައްސަލަ އަކީ މިއީ." 

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް

އަފީފު ވިދާޅުވީ ކޮރަޕްޝަން މައްސަލަތަކާއި އެނޫންވެސް މައްސަލަތައް ހުއްޓުވުމަކީ މަޖިލީހުގެވެސް ޒިންމާއެއް ކަމަށާ، ކަމާބެހޭ އިދާރާތަކުން، މަޖިލީހުން ހަދާފައިވާ ގާނޫނުތައް ތަންފީޒުކުރޭތޯ މަޖިލީހުން ޔަގީން ކުރަންވާނެ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން އިތުރު ވުމުގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭ ކަމަށާ، ކޮރަޕްޝަން އިތުރު ވަނީ މަޖިލީހުން ކުރަންޖެހޭ ކަންކަން މަޖިލީހަށް ނުކުރެވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ މިނިސްޓަރު ކޯފާވޭތޯ. މިނިސްޓަރު ކައިރީ އަހައިގެން ކޮންކަމެއްތޯ އަޅުގަނޑަށް ލިބެން އޮތީ. ކޮން ކަމެއްތޯ އަޅުގަނޑުގެ ދާއިރާއަށް ކޮށްދެވޭނީ. މި މިނިސްޓަރ ތޯ އަޅުގަނޑުމެން މިތަނަށް ފޮނުވާފައި މި ތިވީ؟ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ނޫންތޯ މިތަނަށް އައިސް މިތިބީ. މިނިސްޓަރުންނަށް ޚިދުމަތް ކޮށްދޭންތޯ މިތަނަށް އައިސް މިތިބީ؟" އަފީފު ވިދާޅުވިއެވެ. 

އަފީފް ވިދާޅުވީ، އެފަދަ ވިސްނުން މެންބަރުންވެ ހުންނެވިހާ ހިނދަކު، ކޮރަޕްޝަނާއި އަދި އެނޫންވެސް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.