ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރައީސް ނަޝީދު
13 Sep 2022 | 10:23
ޤަވާއިދުން މުސާރަ ލިބޭއިރު މަޖިލީހަށް މެންބަރުން ހާޒިރުނުވާތީ ރައީސް ނަޝީދުގެ ނުރުހުން!

ގަވާއިދުން މުސާރަ ލިބޭއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުނުވާތީ ރައްޔޮތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފައުޅުކޮށްފިއެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ މިއަދު މަޖިލީހުގެ ޖަލްސާ ފެށުނުއިރު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 24 މެންބަރުން ކަން ފާހަގަކުރައްވާފައެވެ. 

ރައްޔިތުންގެ މަޖިލީހަކީ 87 އިދާރީ ދާއިރާގެ މައްޗަށް އެކުލެވޭ މަޖިލީހެއް ކަމަށްވާއިރު މަޖިލިސް މެންބަރުންގެ ތެރެއިން މިއަދުު ސަލާމުގައި ތިއްބެވީ 6 މެންބަރުންނެވެ. އަދި ރަސްމީ ދަތުރުފުޅުގައި 3 މެންބަރުން ތިއްބެވި ކަމަށާ، އެ މެންބަރުންނަކީ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވޭ ހާލަތުގައި ތިއްބެވި ބޭފުޅުން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ ޖަލްސާ ފެށިގެންދާއިރު މަޖިލީހުގައި 24 މެންބަރުން ތިބުމަކީ، މަޖިލީހުގެ މެންބަރުންނަށް އެކަށީގެންވާ ގޮތެއްގައި މެންބަރުންގެ ޤާނޫނީ ވާޖިބަށް ފަރުވާނުބެހެއްޓެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް 87 މެންބަރުންގެ މަޖިލީހެއްގައި އަދި ޤަވާއިދުން މުސާރަ ލިބޭ މަޖިލީހެއްގައި ހެނދުނުގެ ޖަލްސާ ފެށޭއިރުގައި 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޤާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރު ނުވާ މައްސަލަ އަކީ އާއްމުންގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވާ މައްސަލައެކެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ތިބޭއިރު މަޖިލީހަށް ހާޒިރު ނުވާއިރުވެސް މުސާރައިން އުނި ނުވާތީވެސް އާއްމުންގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.