ރައްޔިތުންގެ މަޖިލިސް
26 Sep 2022
މަސްވެރިކަން ތިޔާގިވި އިރު ސަރުކާރަށް ތައްޔާރު ވެވިފައި ނެތްކަމަށް ފިޝަރީޒް މިނިސްޓަރު އިއުތިރާފުވެއްޖެ!
ދިވެހިރާއްޖޭގައި މަސްވެރިކަން ތިޔާގިވެގެން ދިޔައިރު މަސް ގަތުމާއި، ރައްކާކުރެވޭނެ އިންތިޒާމުތައް ސަރުކާރަށް ހަމަޖައްސާދެވިފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގައި އިއުތިރާފުވެއްޖެއެވެ.
26 Sep 2022
ސަރުކާރުގެ ވައުދުތަކުގެ 99 އިންސައްތަ ވަނީ ފުއްދާފައި: ޤާސިމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސްވެރިކަމާއި ގުޅިގެން ވެފައިވާ ވައުދުތަކުގެ 99 އިންސައްތަ ފުއްދަވާފައިވާކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
26 Sep 2022
ނައިފަރު މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން ޝިޔާމް ސުވާލު ކުރެއްވުމުން މިނިސްޓަރުގެ ހޫނު ރައްދެއް
ޅ. ނައިފަރު މަސްވެރިންގެ ޝަކުވާތައް ކަމަށް ބުނެ އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހޫނު ރައްދެއް ދެއްވައިފި އެވެ.
26 Sep 2022
އަމީނީ މަގުގެ ގަސްކަނޑާތީ ޝަރީއަތަށް، ދާން ޖެހިދާނެކަމުގެ އިންޒާރު ނަޝީދު ދެއްވައިފި
އަމީނީ މަގުނަ ހަދަން ގަސްތައް ނެގުމާއި ކެނޑުމާއި ކޮށުން ހުއްޓާލައި އެކަމުގައި ދެވަނަ ވިސްނުމަކަށް ސަރުކާރުން ނުދާނަމަ އަމިއްލަފުޅަށް ޝަރީއަތަށް ވަޑައި ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޒާރު ދެއްވައިފި އެވެ.
22 Sep 2022
"ޤާނޫނަށް ބަދަލުގެނެސް ފިޤުހު އެކަޑަމީ ވަރަށް އަވަހަށް އެކުލަވާލެވޭނެ"
ޤާނޫނަށް ގެންނަންޖެހޭ ބަަދަލުތައް ގެނެސް ފިގުހު އެކަޑަމީ ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
21 Sep 2022
ގައުމީ ފަތުވާ މަޖިލީހުގައި އަދާލަތު ޕާޓީ ނުހިމެނުމަށް ގޮވާލައިފި
ދައުރު ހަމަވެފައިވާ ގައުމީ ފަތުވާ މަޖިލިސް އަލުން އެކުލަވާލާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ނުހިމެނޭހެން އެ މަޖިލިސް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ގޮވާލައްވައިފިއެވެ.
21 Sep 2022
ޕޮލިސް ބޯޑުގެ "ބޭނުން ރަނގަޅަށް ނުހިފޭ": ޢިމްރާން
ފުލުހުންގެ ބޯޑުގެ ޝަކުވާވެސް ބޮޑުވެފައި ޚަރަދުވެސް ބޮޑު އިރު، އެ ބޯޑުގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.
21 Sep 2022
ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރީ އެކަން އެހެން ބައެއްގެ ބޮލަށް ޖަހަން: ހުސެއިން
ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާއި ބެހޭ ގާނޫނު އިސްލާހުކުރީ އެކަން އެހެން ބައެއްގެ ބޮލަށް ޖެހުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.