ޔޫތު މިނިސްޓަރު މަހުލޫފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 09:51
ހަވީރު ޑްރިފްޓުކުރަން ފުރުސަތު ދިން، މައްސަލަ ޖެހުނީ ދަންވަރު އެކަން ކުރަން ހުއްދަ ނުދިނީމަ: ޔޫތު މިނިސްޓަރު

ޑްރިފްޓު ކުރުމަށް ބޭނުންވާ ކުދިންނަށް ހަވީރުގެ ވަގުތުތަކުގައި އެކަން ކުރުމަށް ހުއްދަ ދީފައިވާކަމަށާއި، މައްސަލަ ޖެހުނީ ދަންވަރު އެކަން ކުރުމަށް ހުއްދަ ނުދިނުމުންކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. 

މަހުލޫފު މިފަދައިން މިވާދުޅީ މިއަދު މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މެމްބަރު ނަޝީދު ސުވާލުކުރައްވަމުން ވިދާޅުވީ ހުޅުމާލޭގައި ތާރސްޑޭ ނައިޓުގެ ނަމުގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ޑްރިފްޓުކުރަމުންދަނިކޮށް ބަޔަކު އަޑީގައި އޮވެގެން އެކަން ހުއްޓުވާފައިވާކަމަށެވެ. އަދި އެ ކުދިންނަަށް އެފުރުސަތު ނުދިނުމުގެ ސަބަބުން މަޝްރަހު ގޯސްވެފައިވާކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ. 

އެއާއެކު އޭނާ ވަނީ އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީއިން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޮބައިތޯ އައްސަވާފައެވެ. 

ނަޝީދުގެ ސުވާލަށް ޖަވާބުދެއްވަމުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ޑްރިފްޓް ކުރުމަކީ މަގުމަތީގައި ހިންގާކަމަކަށް ވާއިރު، އެކަން ކުރުމުގެ ހުއްދަ ޔޫތު މިނިސްޓްރީއަށް ދިނުމުގެ ބާރު ނޯންނަކަމަށެވެ. 

އެހެން ނަމަވެސް އެކަން ކުރުމަށް ހުއްދަ ދޫކޮށްފައިވަނީ އެޗްޑީސީއިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު މިނިސްޓަރު ވިދާޅުވީ ދަންވަރު އެކަން ކުރުމަކީ އާންމުންނަށް ވަރަށް ބޮޑެތި އުނދަގޫތައް ވަމުންދާ ކަމެއްކަމަށެވެ. އެކަމުގެ ޝަކުވާތައްވެސް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ ޑްރިފްޓުކުރުމަށް ހަވީރު ވަގުތުތަކުގައި ހުއްދަ ދީފައިވާކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާ ޒުވާނުން ބޭނުންވަނީ ބޭރު ދުނިޔޭގައި އެކަން ކުރާ ގޮތަށް ދަންވަރު ގަޑީ އެކަން ކުރަން ކަމަށާއި، އަދި މައްސަލަ ޖެހުނީ ދަންވަރު އެކަން ކުރުމަށް ހުއްދަ ނުދިނުމުންކަމަށް މިނިސްޓަރު މަހުލޫފު ވަނީ ވިދާޅުވެފައެވެ. 

ތާސްޑޭ ނައިޓުގެ ނަމުގައި ހުޅުމާލޭގައި ހިންގަމުންއައި ޑްރިފްޓު ހަރަކާތް އެޗްޑީސީއިން ހުއްޓުވުމާއި ގުޅިގެން އެ އެސޯސިއޭޝަނުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް ޔޫތު މިނިސްޓަރާއި ބައްދަލުކުރުމަށް އެތައް ފަަހަރެއްގެ މަތިން އެދިފައި ވީނަމަވެސް އެ ފުރުސަތު ލިބިފައި ނުވާކަމަށް ޑްރިފްޓު އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޔޫތު މިނިސްޓަރު ވިދާޅުވީ ޑްރިފްޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތަކާއެކު ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި ގުޅިފަޅު ތަރައްގީކުރާއިރު އެތަނުގައި ރޭސް ޖެހޭނެ ޓްރެކަކާއި ޑްރިފްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.