މެމްބަރު ޝިޔާމު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 10:39
"ގޭ" ކުއްޖަކު ގޭގައި ބަހައްޓައިދިނުމުން ނަޝީދު ހުރީ ކޮމްޕްރޮމައިސް ވެފަ: ޝިޔާމު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިހާރު ހުންނެވީ ކޮމްޕްރޮމައިސް ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލެއިން ގެއްލުނު ޒުވާނާ ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ. 

އެ މައްސަލައާއި ގުޅިގެން ޝިޔާމު ވިދާޅުވީ އަޒުހާނު ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ.

އެވާހަކައާއި ގުޅުވާ ޝިޔާމު ވިދާޅުވީ ފުލުހުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުވުމަށް ބާރު އަޅާނެ މުއައްސަސާއެއްވެސް މިހާރު ނެތްކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވަ މަރު ކޮމިޝަނަށްވެސް ނެރެދެވުނު އެއްވެސް ނަތީޖާއެއް ނެތްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ މިއަދު ހުރިހާ މުއައްސަސާއެއްވެސް ވަނީ ކޮމްޕްރޮމައިސް ވެފައިކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ މުހައްމަދު ނަޝީދުވެސް މިހާރު ހުންނެވީ ކޮމްޕްރޮމައިސްވެފައިކަމަށް ޝިޔާމު ވިދާޅުވިއެވެ.

ނަޝީދު ކޮމްޕްރޮމައިސްވީ އޭނާގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވުމުންވެސް ދިން ލުއި އަދަބުގެ ސަބަބުންނާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރެވުނު މަސައްކަތުގެ ސަބަބުންކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"ކޮބާތޯ މަރުކޮމިޝަން ފެެއިލްވީމަ މަޖިލީހުން ކުރަން ޖެހޭ މަސައްކަތް. ނެތޭ އިއްޒަތްތެރި ރައީސް. އަޅުގަނޑަށް މިހާރު ހީވަނީ އިއްޒަތްތެރި ރައީސް ވެސް ކޮމްޕްރޮމައިސް ވެފަ އިންނަހެން. ކޮންމޮރިމައިސްވެފަ ތި އިންނެވީ، ގޭ ކުއްޖަކު ޖައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕޮރޮމައިސް ވެފަ ތި އިންނެވީ، 42 މެމްބަރުންގެ ސޮއި ފައްޔާޒު އަތުގައި އޮވެގެން ކޮމްޕްރޮމައިސް ވެފަ ތި އިންނެވީ"

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމު

ޝިޔާމުގެ އެ ވާހަކަތަކަށްފަހު ނަޝީދު ވަނީ އެމަނިކުފާނު ކޮމްޕްރޮމައިސް ނުވާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށްޓަކައި އެއްކުރެވުނީ އެންމެ 12 ވޯޓުތަކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.