ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
04 Oct 2022 | 13:08
ރާއްޖޭގައި ކެސިނޯ ހިންގުން އެއްވެސް ގަވާއިދަކުން މަނައެއް ނުކުރޭ: ރައީސް ނަޝީދު

ރާއްޖޭގައި ކެސީނޯ ހިންގުން އެއްވެސް ގަވައިދަކުން މަނާނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ އެޅުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ އާއި އެކަން ކުރުން މަނާކުރަނީ ކޮންތާކުންތޯ ޔޫތު މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

ޖާބިރުގެ ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ ކެސިނޯއޭ ބުންޏަސް ރާއްޖޭގެ ރައްޔިތުންނަށް ގޯސްވާ ކަމަށާއި، ނަމަވެސް އެފަދަ ކަންކަމަކީ މުޖްތަމައުގައި މަޝްވަރާ ކުރެވެންޖެހޭނެ ކަންކަން ކަމަށެވެ.

ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކެސިނޯ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރާ ކަމަށާއި، އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

"ތަކުރާރުކޮށް ނުކުންނަ ސުވާލެއް މީ ކެސިނޯގެ ލައިސަންސެއް ރާއްޖޭގައި ދިނުމާ ގުޅޭގޮތުން، ފާހަގަވާ ކަމަކީ އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން. އެހެންނަމަވެސް ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް މި މަސައްކަތް ނުކުރެވި، އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާތުކޮށް އިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.