މެމްބަރު ޔައުގޫބު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Sep 2022 | 15:26
ގިނަ ޑަބްލިއު.ޑީ.ސީ މެމްބަރުން އިސްތިއުފާ ދެނީ ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާ ހެދި: ޔައުގޫބު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގިން މެމްބަރުން އިސްތިއުފާދެނީ ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާއި ގުޅިގެންކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ. 

ޔައުގޫބު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 18 ވަނަ ޖަލްސާއަށް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހަށް ވާހަކަދައްކަވަމުންނެވެ. 

އެ އިސްލާހަށް ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލްތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގައި ތިއްބަވާ އެ ޕާޓީ ނޫން އެެެހެން ޕާޓީތަކުގެ މެމްބަރުންނަށް ފުރައްސާރަކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. 

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގިނަ މެމްބަރުން އިސްތިއުފާދެއްވަނީވެސް ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާއި ގުޅިގެންކަމަށް ޔައުގޫބު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ ވަކި އަންހެނަކަށް ވީތީ، އަދި ވަކި ޕާޓީއަކަށް ނިސްބަތްވީތީ ފުރައްސާރަކުރުން ހަރުކަށި އިބާރާތުން ކޮށްވެރިކޮށްފައެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް އަންހެނުންގެ ކޮމެޓީ މެމްބަރުން އިސްތިއުފާ ދޭތީ އިވޭ އަޑުތަކުގެ ތެރޭގައި އެންމެ ގަދަޔަށް އިވޭ އެއް އަޑަކީ ޕީޕީއެމް ކައުންސިލް މެމްބަރުންނާއި، ޕީޕީއެމް މެމްބަރުންގެ އުނދަގުލާއި ފުރައްސާރައާއި ހެދި ވަރަށް ގިނަ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދޭ ވާހަކަ"

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު

ޔައުގޫބު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައަޅާފައިވަނީ އަންހެނުން ބާރުވެރިކުރުމަށް ކަމަށެވެ. 

އެއާއި ދެކޮޅަށް އެއްވެސް ޕާޓީއަކުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޔައުގޫބު ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އެގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގައި ތިއްބަވާ ފަރާތްތަކަށް ފުރައްސާރަ ނުކުރުމަށް ޕީޕީއެމްއަށް ގޮވާލައްވާފައެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގިނަ މެމްބަރުން އިސްތިއުފާދެނީ ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާއި ހުރެކަމަށް ޔައުގޫބު ވިދާޅުވެފައިވާއިރު، މިހާތަނަށް އެފަދަ ދިރާސާއެއް ހެދިފައެއް ނުވެއެވެ. އަދި ވަކި ސިޔާސީ ޕާޓީއަކުން ފުރައްސާރަކޮށް އިސްތިއުފާދޭން މަޖުބޫރުކޮށްފައިވާކަމަށް މިހާތަނަށް އެއްވެސް މައްސަލައެއް ލޯކަލް ގަވަމަންޓު އޮތޯރިޓީއަށްވެސް ހުށައެޅިފައެއް ނުވެއެވެ. 

ކޮމެންޓް
ހވޖގޖވހ
ޑަބްލިއުޑީސީއަކީ ބޭނުމެއްނެތް ދައުލަތުގެ ބަޖެޓުން މިސަރުކާރުވެފައޮތް ބޮޑު ހިޔާނާތެއް.
29 Sep 2022
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.