ޔައުޤޫބު ޢަބްދުﷲ
22 Feb 2023
ޔައުގޫބް ގެ ނަން އިއްވައި މަޖިލިސް ކުރާ މާލަމުން ނެރެފި
ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުاللهގެ ނަން އިއްވައި ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުން ނެރެފިއެވެ.
20 Jan 2023
"އެންމެ ބޮޑު ފަސޭހަ އަކީ ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން"
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ މެމްބަރުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކޮށްދެއްވި އެންމެ ބޮޑު އެއް ފަސޭހަ އަކީ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުގައި ހުންނަ ބޭފުޅަކު ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ.
02 Dec 2022
"ތަފާތު ނުކުރައްވާތީ ރައީސްއަށް ހަސަދަވެރިވާ ބޭފުޅުންނާއި މެދު ވިސްނާލުން ބުއްދިވެރި"
ކުޑަ ރަށެއް، ބޮޑު ރަށެއް ބެއްލެވުމެއްނެތި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރަށްރަށަށް ތަރައްގީ ގެންނަވަމުންދާތީ އެކަމާއިމެދު ހަސަދަވެރިވާ ބޭފުޅުންނާއިމެދު ދެވަނަ ފަހަރަށް ވިސްނާލުން ބުއްދިވެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ.
24 Nov 2022
ފިރުޝާން ޔައުގޫބަށް: މިދިޔަ 5 އަހަރާއި މި 4 އަހަރުގެ ވަގުންވެސް ނުހިފުނު
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު، މަޖިލިސް މެންބަރު ކަމަށް ކުރިމަތި ލައްވަމުން ވަގުން ހިފާނެ ކަމަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގެ 5 އަހަރުގަޔާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ 4 އަހަރުގައި ވައްކަން ކުރި ވަގުން އަދިވެސް ނުހިފޭ ކަމަށް ބުނެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ޔައުގޫބަށް ފާޑުވިދާޅުވެއްޖެއެވެ.
28 Sep 2022
"ގިނަ ޑަބްލިއު.ޑީ.ސީ މެމްބަރުން އިސްތިއުފާ ދެނީ ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާ ހެދި"
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ގިން މެމްބަރުން އިސްތިއުފާދެނީ ޕީޕީއެމް ކައުންސިލްތަކުގެ ފުރައްސާރައާއި ގުޅިގެންކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ.