އެމްޑީޕީން 'ޖޮބް ބުރާސްފަތި' އިހްތިޖާޖަށް ތައްޔާރު ވަނީ- ފޮޓޯ/އެމްޑީޕީ
ހަބަރު
18 Jun 2026 | 12:28
ނޫސްވެރިންގެ ދިފާޢުގައި ފެށި މަސައްކަތް ޕާކުކޮށްފައި ނުބާއްވަން؛ ފޯކަސް ކުރަނީ ފަހަރަކު ކަމަކަށް: އެމްޑީޕީ

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ފެށި މަސައްކަތް ޕާކު ކޮށްފައި ނުބާއްވާ ކަމަށާ، ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަނީ ފަހަރަކު ކަމަކަށް 'ފޯކަސް' ކުރަން ކަމަށް އެޕާޓީން ބުނެފިއެވެ. 

ދާދިފަހުން އަދަދު ނޫހުގެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން އެމްޑީޕީން މަގުމަތީ ހަރަކާތްތަކެއް ފެށިއެވެ. އަދި އެމްޑީޕީގެ ދެ ރައީސުންނާއި ކުރީގެ ރައީސް ޔާމީން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވައި ތިން ރައީސުންގެ މަންދޫބުން ހިމެނޭ ކޮމިޓީއެއްވެސް އުފެއްދިއެވެ. 

ނަމަވެސް ނޫސްވެރިންގެ ހައްގުގައި އަޑު އުފުލުމުގެ ކަންކަން ފަނޑުވެފައިވާއިރު، ތިން ރައީސުންގެ ކޮމިޓީން ނޫސްވެރިންގެ ހައްގުގައި ކުރާ ކަންކަމާ ބެހޭ ތަފްސީލްވެސް ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެންޕެއިނާއެކު އެކަން 'މަޑުޖެހިފައިވާ' ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށް މިރޭ އެޕާޓީން ތައްޔާރުވަމުންދަނީ 'ޖޮބް ބުރާސްފަތި' ނަމުގައި ރައްޔިތުންގެ ވަޒީފާގެ ހައްގުގައި ކުރާ މުޒާހަރާ އަކަށެވެ. 

މި މުޒާހަރާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުالله ވިދާޅުވީ، ނޫސްވެރިންގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިކަމުގެ ތެރެއިން ކަމަށެވެ. 

އެހެންވީމާ ނޫސްވެރިންގެ ދިފާއުކުރަންޖެހޭ ކަންކަން ނުކޮށް އެމްޑީޕީއެއް މަޑަކުން ނޯންނާނެ.

ޔައުޤޫބް

ޔައުޤޫބް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިޔަސް ފެންނަނީ ބޮޑެތި އިހުމާލުތައް ކަމަށާ، އަދި ހުރިހާ ކަމެއް މަސްހުނިކޮށްގެން ކުރާ ނަމަ، 'ފޯކަސް' ގެއްލޭ ކަމަށެވެ.

އެހެންވީމާ ގައުމީ މަޖިލީހުން ނިންމީ ފަހަރަކު ކަމަކަށް ދާން. އަޅުގަނޑުމެންގެ ޗެއާ، ރައީސް ނަޝީދުވެސް އެ ނުކުންނައިރު ނުކުންނަ ކަމެއް ހަމަސީދާ އެއަށް ފޯކަސް ކޮށްގެން އެކަން ކުރަން. އެގޮތުގެ މަތީން ފުރަތަމަ މި ފެށީ ވަޒީފާ

ޔައުޤޫބް

ވަޒީފާގެ ހައްގުގައި އަޑުއުފުލަން ނުކުންނަން ނިންމީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ތެރެއިން ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލުމުން ކަމަށާ، މިހާރުވެސް ގެއްލެމުންދާތީ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ ދިފާޢުގައި ކުރަންޖެހޭ ކަންކަން ޕާކުކޮށްފައި ނުބާއްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ޔައުގޫބް ވިދާަޅުވީ ގައުމީ މަޖިލީހުން ނިންމީ ސިލްސިލާކޮށް މަގުމަތީ ހަރަކާތްތައް ބާއްވަން ކަމަށާ، ފަހަރަކު ކަމަކަށް ފޯކަސް ކޮށްގެން މުޒާހަރާ ކުރާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި