މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް
ހަބަރު
23 May 2023 | 15:19
ޔައުޤޫބު ރައީސް ނަޝީދަށް: މަޖިލީހުގައި ދޭލިޔާ މުޙައްމަދަށް ތަފާތު ގޮތެއް ނޯންނާނެ

ރައްޔިތުންގެ މަޖިލީހުގައި ދޭލިޔާ މުޙައްމަދަށް ޚާއްސަ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕުގެ 50 މެންބަރުންގެ ސޮޔާއެކުއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާއަކީ "ޙަޤީޤީ ޑެމޮކްރޭޓެއް" ކަމަށެވެ. އެހެންކަމުން އޭނާ ތަބާވަނީ މެޖޯރިޓީއަށް ކަމަށެވެ.

ނިޔާޒަށް ރައްދު ދެއްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، އޭނާ އެކުރާ ކަންތައް ހަނދާނުގައި ބެހެއްޓުމަށް އެދިފައެވެ. އަދި ތިޔަ އެއްލާލަނީ ދޭލިޔާ މުޙައްމަދުބޭގެ ދަރި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

އެ ދެބޭފުޅުންގެ ބަހުސްގެ ތެރެއަށް ޔައުގޫބް ވަންނަވައި، އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދޭލިޔާ މުޙައްމަދެއް ތުއްތު މަނިކެއް ނޯންނާނެ ކަމަށެވެ.

"ބުނަންތަ ވާހަކައެއް. މަޖިލީހުގައި ދޭލިޔާ މުހައްމަދެއް، ތުއްތުމަނިކެއް އެހެން މީހެއް ތަފާތެއް ނުވާނެ." ޔައުޤޫބު ވިދާޅުވިއެވެ.

ޅ. ހިންނަވަރު ދޭލިޔާ، އަބްދުالله މުހައްމަދު ނުވަތަ ދޭލިޔާއަކީ މެންބަރު އީވާގެ ބައްޕާފުޅެވެ. އަދި އެއީ ރައީސް ޞާލިޙާއި، މެންބަރު ޢަލީ ނިޔާޒްގެ މަންމާފުޅާ ދޭލިޔާގެ މަންމާފުޅަކީ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.

ކޮމެންޓް
ދާންދޫ ދާއިރާގެ ރައްޔިތުން
ސާބަހޭ ! ޔައުގޫބް. ތިޔައީ ސާބިތު މެންބަރެއް. ނޯންނާނެ. ތަފާތެއް. އެން.ޑީ.ޕީ އަކީ ލާމަސީލު ޕާޓީއެއް ރައީސް އިބޫ އަކީ މިރާއްޖޭގެ އެންމެ ހެޔޮ ރައީސް ސާބަހޭ
25 May 2023
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ