ޗައިނާގެ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުވުމެއްގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
25 Aug 2026 | 16:29
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ މަހު އިންޑިޔާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަން އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު ކަމަށް ބެލެވޭ ކަމަށް ސަރަހައްދީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މިއީ ފާއިތުވި 7 އަހަރުގެ ތެރޭގައި ޝީ އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވަމުންދާކަމުގެ ނިޝާނެއް ކަމަށް މުހައްލިލުން ބުނެއެވެ.

ސެޕްޓެމްބަރު 12 އިން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ޝީ ބައިވެރިވެވަޑައިގަތުމަކީ 2020 ވަނަ އަހަރު އިންޑިޔާ އާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަށްފަހު ދެ ގައުމުގެ ގުޅުން ހަމައަކަށް އަޅުވައި، ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ހަރުފަތެކެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދަތުރުފުޅުގައި ޝީއާއެކު 400 އަށްވުރެ ގިނަ އޮފިޝަލުންގެ ބޮޑު ވަފުދެއް ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މިއީ 2019 ވަނަ އަހަރު ޝީ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި 200 ވަރަކަށް އޮފިޝަލުންނާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. ދެ ގައުމުގެ އޮފިޝަލުން މި ސަމިޓުގެ ތެރެއިން ބޯޑަރުގެ މައްސަލަތަކާއި ސަރަހައްދީ ސަލާމަތާއި ބެހޭ މައްސަލަތަކާމެދު މަޝްވަރާކޮށް، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ވާހަކަދައްކާނެ ކަމަށް ބެލެވެއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ބްރިކްސްގެ އެއްބާރުލުމަށް ޗައިނާއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، މިއަހަރުގެ ރިޔާސަތު ބަލަހައްޓާ އިންޑިޔާއަށް ސަމިޓު ކާމިޔާބުކަމާއެކު ބޭއްވުމަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް، ޝީގެ ދަތުރުފުޅުގެ އެންމެ ފަހުގެ ތަފްސީލުތައް އަދި ރަސްމީކޮށް ކަށަވަރުވެފައި ނުވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.