ދެކުނު ޗައިނާ ކަނޑުގައި މީހެ ކުރިން ޗައިނާއިން ތަރައްޤީކުރަމުންދިޔަ ރަށެއް.. ފޮޓޯ: އޭޕީ
ދުނިޔެ
25 Aug 2026 | 20:13
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ

ދެކުނު ޗައިނާ ކަނޑުގައި މިލްކުވެރިކަމާމެދު ދެބަސްވުން އުފެދިފައިވާ ސަރަޙައްދެއް ކަމަށްވާ ޕެރަސެލް ޖަޒީރާތަކުގެ އެންޓިލޯޕް ފަރުގައި ޗައިނާއިން ބިންހިއްކައިގެން ތަރައްޤީކުރާ ރަށުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިކަން ސެޓެލައިޓް މަންޒަރުތަކުން ދައްކާކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ.

ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ. ޖުލައި މަހު ނަގާފައިވާ ސެޓެލައިޓް މަންޒަރުތަކުން ފެންނަ ގޮތުގައި، ގާތްގަނޑަކަށް 6 ކިލޯމީޓަރުގެ ދިގުމިން ހުރި މި ރަށުގައި، 3 ކިލޯމީޓަރަށް ވުރެ ދިގު ރަންވޭއެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އޭގެ އިތުރުން 680 މީޓަރުގެ ފާލަމަކާއި، ބޮޑެތި ބޯޓުފަހަރަށް ގާތްކުރެވޭ ފުން ބަނދަރެއްގެ އިތުރުން ހެލިކޮޕްޓަރު ޖައްސާނެ ހެލިޕޭޑެއް ވެސް އެތަނުގައި ވަނީ ހަދާފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ މިއީ މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށާއި ސައިންޓިފިކް ދިރާސާތައް ކުރުން ފަދަ މަދަނީ ބޭނުންތަކަށް ބޭނުންކުރުމަށް ހަދާ ތަނެއް ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންކަމާބެހޭ މާހިރުން ބުނާ ގޮތުގައި މިއީ ޓައިވާނާ ދެމެދު ހަމަނުޖެހުމެއް އުފެދިއްޖެ ހާލަތެއްގައި ބޭނުންކުރުމަށާއި، ދެކުނު ޗައިނާ ކަނޑުގެ އުތުރު ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކުރުމަށް ހަދާފައިވާ މަރުކަޒެކެވެ. މިގޮތުން ޗައިނާގެ ސްޓްރެޓީޖިކް ބޮންއަޅާ ބޯޓުތައް ފަދަ ހަތިޔާރުތައް މިތަނުގައި ބެހެއްޓުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އައު ރަށް ހަދާފައިވާ ސަރަހައްދަކީ ޓައިވާނާއި ވިއެޓްނާމް ފަދަ ޤައުމުތަކުން ވެސް އެގައުމުތަކުގެ ސަރަހައްދެއް ކަމަށް ދަޢުވާކުރާ ތަނެކެވެ. ޗައިނާއިން ޕެރަސެލް އައިލެންޑްސް އެއްކޮށް ކޮންޓްރޯލް ކުރަމުން ދަނީ 1974 ވަނަ އަހަރު ދެކުނު ވިއެޓްނާމުގެ ސިފައިން އެތަނުން ބޭރުކޮށްލުމަށް ފަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ