ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ-- ފޮޓޯ/މަޖިލިސް
02 Dec 2022 | 14:20
ތަފާތު ނުކުރައްވާތީ ރައީސްއަށް ހަސަދަވެރިވާ ބޭފުޅުންނާއި މެދު ވިސްނާލުން ބުއްދިވެރި: ޔައުޤޫބު

ކުޑަ ރަށެއް، ބޮޑު ރަށެއް ބެއްލެވުމެއްނެތި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރަށްރަށަށް ތަރައްގީ ގެންނަވަމުންދާތީ އެކަމާއިމެދު ހަސަދަވެރިވާ ބޭފުޅުންނާއިމެދު ދެވަނަ ފަހަރަށް ވިސްނާލުން ބުއްދިވެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ. 

ޔައުޤޫބް މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމް ގައި ރައީސް ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވަންތޯ އާއި އަދި އެމަނިކުފާނުގެ ކެންޕެއިން ތިނަދޫގައި ލޯންޗު ކުރައްވަން ނިންމެވީ ކީއްވެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ ދެކެވޭއިރު ދެ ނުކުތާއެއް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ އެމްޑީީޕީގެ މެނިފެސްޓޯ ގައި ވަރަށް ސާފުކޮށް އެޕާޓީގެ މެންބަރުން ކައިރީގައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ބުނެފައިވާ ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވެރިކަން ލިބިވަޑައިގެންނެވީވެސް އެ މެނިފެސްޓޯ އާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ވައުދުތައް ފުދިފައިވާ ކަަމަކަށް، ވައުދުތަކަކީ މި ދެންނެވިހެން އެޔެއް މިޔެއް ބަލާނުލައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި ކަންކަން ކުރައްވަމުން ދިއުމެއް ނޫން، މި މެނިފެސްޓޯގައި އަޅުގަނޑުމެން ވެފައި އެބަހުރި ވަރަށް ހާއްސަ ކަންކަމެއް، ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާނެ ކަންތައްތަކެއް،" 

"އަޅުގަނޑު ދެކޭގޮތުގައި، އެމްޑީީޕީ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ، މި ފެންނަ ނުފެންނަ ވޯޓު ނުނަގައެއް. ރައްޔިތުންނަށް ވެފައިއޮތް އެންމެ ބޮޑު ވައުދު." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔައުގޫބު ވިދާޅުވީ, ނިޒާމީ ވޯޓެއް މީގެ ކުރިންވެސް ނަގާފައިވާ ކަމަށާ، އެފަހަރު ރައްޔިތުން ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ކަމަށެވެ. އެހެންކަމުން، އަނެއްކާ އަލުން އެ ވޯޓު ނުނެގުމަކީ ވައުދު ނުފުއްދުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލާ، ރަށް ރަަށަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަރައްގީ ގެނެސްދޭތީ އެކަމާއި ހަސަދަވެރިވާ ބޭފުޅުންނާއިމެދު ދެފަހަރަށް ވިސްނާލުން ބުއްދިވެރި" ޔައުގޫބް ވިދާޅުވިއެވެ.  

އިއްޔެ އޮތް އާސްކް ސްޕީކާ ޕްރޮގްރާމް ގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޞާލިހު ވައުދުތައް ފުއްދަވަން މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ ބާރުތައް ޖަމާކުރެއްވުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ