ރޭގެ މުޒާހަރާގައި ޔައުޤޫބު ވާހަކަދައްކަވަނީ... ސްކްރީންޝޮޓް
ހަބަރު
15 Mar 2025 | 10:35
މި ސަރުކާރު ބަދަލުކުރާނީ ބަދުރުހަނގުރާމަ މިސާލަކަށް ނަގައިގެން ރޯދަމަހު: ޔައުޤޫބު

މި ސަރުކާރު މިހާރު މިއޮތީ ބަދަލުކުރަންޖެހޭ ހިސާބުގައި ކަމަށާއި، ސަރުކާރު ބަދަލުކުރާނީ ބަދުރުހަނގުރާމަ މިސާލަކަށް ނަގައިގެން ރޯދަމަހުގެ ތެރޭގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް މިހާރު ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ޔައުޤޫބް ވިދާޅުވީ، ސަރުކާރު މިހާރު މިއޮތީ ބަދަލުކުރަންޖެހޭ ހިސާބަށް އައިސްފައިކަމަށާއި، މިހާރު ހާލަތުއޮތްގޮތުން މިކަމަކީ މިހާރު ވާޖިބު ކަމެއް ކަމަށެވެ. މިގޮތުން މިކަންކުރަން އެންމެ ރަނގަޅީ މި ރޯދަމަހުކަމަށާއި، ރޯދަމަހުގެ 17 ވަނަ ދުވަހަކީ ސަރުކާރު ބަދަލުކުރަން އެންމެ ރަނގަޅުދުވަސްކަމަށް ހުކުރު ހުތުބާއިންވެސް ސާފުވެފައިވާކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުކުރަންޖެހޭ ވާހަކަ ދައްކަމުން ޔައުޤޫބް ވިދާޅުވީ އެކަމަށް މިހާރު މިނިސްޓަރުންގެ ފަރާތުންވެސް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމްގެ ފަރާތުން ހާއްސަ ގޮތެއްގައި އެއްބާރުލުން ލިބެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްލާމިކް މިނިސްޓްރީން ހުތުބާ ތައްޔާރުކުރުމުގައި އެކަމަށް އެއްބާރުލުންދޭ މޭރުމަކުން ޔައުޤޫބް ވަނީ ވާހަކަދައްކަވާފައެވެ.

ޔައުޤޫބް ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށް އެކި ފަރާތްތަކުން އެއްބާރުލުން ލިބެމުންދާއިރު ދެން ބޭނުންވަނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ކަމަށެވެ. މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ފުލުހަށް ހާޒިރުކުރިނަމަވެސް ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައް ނުހުއްޓާނޭކަމަށް ޔައުޤޫބް ރޭ ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ވައްޓާލުމުގައި އިސްލާމިކް މިނިސްޓަރުގެ އެއްބާރުލުން ލިބޭކަމަށް ޔައުޤޫބު ވިދާޅުވެފައިވާއިރު، ޔައުޤޫބު ދައްކަވާ ސިޔާސީ ވާހަކަތަކާ ގުޅިގެން މީގެކުރިންވެސް ރައްޔިތުންގެގެ ފަރާތުން ފާޑުކިޔުންތަކެއް އޭނާއަށް ކުރިމަތިވެފައިވާކަން ފާހަގަކޮޮށްލެވެއެވެ. މިގޮތުން އޮޑިޓަރެއްގެ ހައިސިއްޔަތުން ވަގުންހިފާނޭކަމަށް މީގެކުރިން ޔައުޤޫބު ވިދާޅުވެފައިވާ ވިދާޅުވުމަކީ މިހާތަނަށް އެންމެބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެއް ވާހަކަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ނިމިގެންދިޔައިރު، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައްސަލަ ޔައުޤޫބު ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރަށް ނުބެލުނުކަމީ ގިނަ ބަޔަކު މިއަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ.

ކޮމެންޓް
އާދަނު123
ރާއްޖެއަށް ތި ކިޔާ ޑިމޮކޮރޮސީއެއް އައިފަހުން ވެރިކަން ވަޓަންނުނިކުންނަ އެންމެ ވެރިކަމެއް ވެސް ރާއްޖެއަކަށް ނާދޭ، އެހެންވީމަ ޑިމޮކޮސީ ގެ ބޭނުމަކީ ސިޔާސީ މަދު ބަޔަކު ރައްޔިތުން ބޮލަށް ވަދެ ވެރިކަން ވައްޓަން ނިކުތުން،
16 Mar 2025
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ