އިބްރާހީމް ޝަރީފް އާއި މުޣުނީ އާއި ޔައުގޫބު
ހަބަރު
21 Aug 2023 | 09:32
މަޖިލިސް ހޫނުވެ، އިބްރާހީމް ޝަރީފާއި މުޣުނީއާއި ޔައުގޫބުގެ ނަން އިއްވައިފި!

ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮތުމަށްފަހު، މިއަދު ބޭއްވުނު ފުރަތަމަ ޖަލްސާ ފަށައި އިރުކޮޅެއް ނުވަނީސް އެމްޑީޕީގެ ބައެއް މެންބަރުން އަޑު ގަދަ ކޮށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ދަތިވާން ފެށުމުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުاللهގެ ނަން އިއްވައިފިއެވެ. 

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަަމަ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ. 

އެގޮތުން، މަޖިލިސް ފަށްޓަވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އަންގަވައި، މީގެ ކުރީން އެމްޑީޕީން ކެނޑުމުގެ ސަބަބުން މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައިވާ ކަން ފާހަގަކުރައްވައި އެ މެންބަރުން މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލު ކުރާކަން އަނގާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައިވާ ކަމަށް މަޖިލީހަށް އަންގަވާފައިވަނީ ތިން މެންބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެންކަމުން، ކޮމިޓީތައް އެކުލަވާލުމުގައި ދެން އެޕާގެ ނިސްބަތަށްވެސް ބަލާނެ ކަމަށާ، މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ އެހެން މެންބަރުން ތިބި ނަމަ، އެ މެންބަރުންވެސް މަޖިލީހުގެ ދަފްތަރުގައި ޖެހުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެއަށްފަހު ކޮމިޓީ ތަކުގެ ނިސްބަތް ކަނޑައެޅިގެން ދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

އެއާއެކު އެމްޑީޕީ މެންބަރުން ވަނީ އަޑު ގަދަ ކުރައްވަން ފަށްޓަވާފައެވެ. 

އެގޮތުން އިބްރާޙީމް ޝަރީފާއި މުޣުނީ އާއި ޔައުގޫބު އަޑު ގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރުމުން ނަޝީދު ވަނީ އެ ތިން މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުމެ ވަޑައިގެންނެވުމަށް އަންގަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.