ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
20 Jan 2023 | 14:45
"ރައީސް ޞާލިހު ކޮށްދެއްވި އެންމެ ބޮޑު ފަސޭހަ އަކީ ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން"

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ މެމްބަރުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކޮށްދެއްވި އެންމެ ބޮޑު އެއް ފަސޭހަ އަކީ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުގައި ހުންނަ ބޭފުޅަކު ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން ނުޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ޕްރައިމަރީގެ ދުވަސް ކައިރިވަމުން އަންނަ އިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ އެބޭފުޅަކު ތާއީދު ކުރައްވާ ފަރާތަށް ކެންޕެއިން ކޮށްދީ، އިދިކޮޅު ކެންޑިޑޭޓް އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. 

އެގޮތުން، ރައީސް ޞާލިހު ގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ޔައުގޫބް، ރައީސް ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ރައީސް ޞާލިހު ކޮށްދެއްވި އެންމެ ބޮޑު އެއް ފަސޭހަ އަކީ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމުގައި ހުންނަ ބޭފުޅަކު ވިދާޅުވާ އެއްޗެއް ތަރުޖަމާ ކޮށްދޭން އެމްޑީޕީ މެންބަރުން ކުރަންޖެހުނު ބުރަ މަސައްކަތް ނިމުމަކަށް އައުން ކަމަށެވެ. 

"ރައީސް ޞާލިހު ގެ ހެޔޮ ވެރިކަމުގެ 4 އަހަރުގައި ވިދާޅުވި ހުރިހާ ވާހަކައެއްވެސް ސާފު" ޔައުގޫބް ވިދާޅުވިއެވެ. 

ޔައުގޫބް މިފަދައިން ވިދާޅުވެފައި ވާއިރު, ނަޝީދުގެ ވެރިކަމުގައި އެކި ޕޯޑިއަމްތަކުގައި އެމަނިކުފާނު ދައްކަވާފައިވާ ބައެއް ވާހަކަ ތަކަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން އެމަނިކުފާނު ގެ ވާހަކަފުޅު "ތަރުޖަމާ" ކޮށްދީ ހަގީގަތުގައި ވިދާޅުވާން ބޭނުންވި ވާހަކަ ހާމަކޮށްދޭން ޖެހުނު ކަމީ ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެގެން ދިޔަ ކަމެކެވެ. 

ކޮމެންޓް
އަލިހޮއްކޮ
ތަރުޖަމާ ކޮއްދޭން ޖެހެނީ ހިނދުކޮޅުގައި ބުނާ ވާހަކަތަކެވެ. ދިވެހިން ދެން ދުވަހަކުވެސް ހަމައިގާ ނުހުންނަ މީހަކަށް ވެރިކަމެއް ނުދޭނެއެވެ.
20 Jan 2023
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ