ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ: ފޮޓޯ/ މަޖިލިސް
ހަބަރު
22 Feb 2023 | 10:35
ޔައުގޫބް ގެ ނަން އިއްވައި މަޖިލިސް ކުރާ މާލަމުން ނެރެފި

ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުاللهގެ ނަން އިއްވައި ރައްޔިތުންގެ މަޖިލިސް ކުރާ މާލަމުން ނެރެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މި ގަރާރުގެ ބަހުސް ކުރިއަށްދިޔަ، އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، މި ސަރުކާރުގެ ދަރަނި ބޮޑު ކަމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު ޔަޢުޤޫބު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރައްވައިފައެވެ.

"ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް، އިންތިހާއަށް މައްޗަށް، ދާ ދިޔުން މިއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާ ކަމެއް. ކޮންމެ ވިޔަފާރި ވެރިއެއްވެސް، ކޮންމެ ގެއަކުންވެސް، އެ ގެއެއްގެ ދަރަނި މަހުން މަހަށް މައްޗަށްދާ ކަމަަށް ވަންޏާ، އެ ވިޔަފާރި އަކާއި ގުޅިގެން ކަންބޮޑުވާ މީހެއް، އެގޭ ކަންތަކާއި ގުޅިގެން ކަންބޮޑުވާ މީހެއްގެ ބޮލުގައި ރިއްސާނެ. ނުވެސް ނިދޭނެ." 

"މި ދައުލަތަށް އާމްދަނީއެއްގެ ގޮތުގައި 2023 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ އޮނަ ތިރީސް ބިލިއަން ރުފިޔާ. އަޅުގަނޑު މެންގެ ދަރަނި ކިހާވަރެއްތޯ މި ބަލަނީ 2023 ވަނަ އަހަރު. ބަލާއިރު އިންނަނީ 113 ބިލިއަން ރުފިޔާ. 113 ބިލިއަން ރުފިޔާ އަޅުގަނޑުމެންގެ ދައުލަތުގެ ދަރަނި އަރައިފި. 113 ބިލިއަން ރުފިޔާ އަޅުގަނޑުމެންގެ ދައުލަތުގެ ދަރަންޏަށް އަރާފައި އާމްދަނީ 29 ބިލިއަން ވީމާ ކިހިނެއްތޯ އަޅުގަނޑުމެން ދެކޮޅު ޖައްސާނީ. ކިހިނެއްތޯ ދައުލަތް ހިންގަނީ ވިސްނަންޖެހޭ. މިކަން ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަންޖެހޭ. މިކަންތައް ހައްލު ނުކޮށް ހަޅޭފަޅޭ ޖެހިޔަސް ނުވާނެ" އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އިލްޔާސް ގެ މި ވާހަކަތަކަށް ނުރުހުން ފާޅުކޮށް ޔައުގޫބް އަޑު ގަދަ ކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް ޔަޢުޤޫބަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް ޔަޢުޤޫބު އެއާ އެއްގޮތަށް އަމަލު ނުކުރެއްވުމުން މަޖިލީހުގެ ނަޝީދު ވަނީ ޔަޢުޤޫބުގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާ ކުރާމާލަމުން ނުކުންނެވުމަށް އަންގަވާފައެވެ. 
މަޖިލިސް ކުރާ މާލަމު ދޫކޮށް ޔަޢޫޤޫބު ނުކުމެވަޑައިގަތުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ވެސް ވަނީ އަޑުގަދަ ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ