26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
23 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމުގެ ބިލު 54 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފިއެވެ. މި ބަދަލުން އަހަރަކު 251 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
23 Aug 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު އައްޔަންކުރުމަށް މަޖިލީހަށް
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި ހިނގާ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ. މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޚިޔާރު ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްޢަޒީޒެވެ.
20 Aug 2026
ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދަނީ މުވައްޒަފުންނަށް ބިރު ދައްކައިގެން
ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިމާއި ފަޅާއި ފަރު ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރުގެ ދަށަށް ގެނެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމުގެ ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
19 Aug 2026
ޑޮލަރުގެ އަގުބޮޑުވާ ޚަބަރު ޝާއިޢުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހެއް
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުކުރުން ކުށަކަށް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
18 Aug 2026
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމައިލައިފި
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު އޮގަސްޓް 27 އާ ހަމައަށް އިތުރުކުރަން 58 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ. މުހިންމު މަސައްކަތްތައް ނިންމުމަށް ދައުރު ދެންމީ މިފަހަރު ދެވަނައަށެވެ.