ޑޮލަރު-
ހަބަރު
26 Aug 2026 | 16:03
ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި

އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގު އިސްތިހާރުކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުން ބިލާ އެއްކޮޅަށް ވޯޓު ދެއްވިއިރު 12 މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވައިފައިވެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. ކޮމިޓީ މަރުހަލާގައި ބިލަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ.

މި ޤާނޫނީ ބަދަލުގެ ދަށުން އެމްއެމްއޭ އިން ކަނޑައެޅި ރޭޓު ނުވަތަ ބޭންޑު ފަހަނައަޅައި އަގެއްގައި ބޭރު ފައިސާ ވިއްކާ ފަރާތެއް ނުވަތަ ވިއްކުމަށް މަސައްކަތްކުރާ ފަރާތެއް 25000 ރުފިޔާ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ހަމައެހެންމެ ޑިޖިޓަލް ވަސީލަތެއް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެ ރޭޓުތައް ޕްރޮމޯޓުކުރާ ފަރާތެއް 25000 ރުފިޔާ އާއި 500000 ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ޤާނޫނީ ޝަޚުޞެއް މި ކުށުގައި ބައިވެރިވެއްޖެ ނަމަ ޖޫރިމަނާ 100000 ރުފިޔާ އާއި ފަސް މިލިޔަން ރުފިޔާއާ ހަމައަށް އެރުމުގެ ފުރުޞަތު އެ ބިލުގައި ހުޅުވައިލައިފައިވެއެވެ.

އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 25 މިލިޔަން ޑޮލަރު ނުވަތަ އެއަށްވުރެ މައްޗަށް ބޭރު ފައިސާ ލިބޭ ފަރާތްތަކުން އެ ފައިސާ އެމްއެމްއޭ ލައިސަންސް ދީފައިވާ ބޭންކެއް މެދުވެރިކޮށް ޖަމާކުރުން ލާޒިމުކޮށްފައިވެއެވެ.

މީގެ އިތުރުން ކެޓަގަރީ އޭ ގެ ފަތުރުވެރިކަމުގެ ތަންތަނުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް ބަދަލުކުރަން ޖެހޭ ގޮތަށް ވެސް ކަނޑައަޅައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.