މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
19 Aug 2026 | 13:07
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު އިޝްތިހާރުކުރާ ނަމަ ފަސް ލައްކައާ ހަމައަށް ޖޫރިމަނާކުރެވޭ އިސްލާހެއް

އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުކުރުން ކުށަކަށް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙު ހުށަހެޅުއްވި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މަރުކަޒީ ބޭންކުން އިޢުލާނުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑުގެ ބޭރުން ހިންގާ ފައިސާގެ މުޢާމަލާތްތައް ޕްރޮމޯޓުކުރުމާއި ޑިޖިޓަލް ވަސީލަތެއް ނުވަތަ އެ ނޫން ވެސް ގޮތަކުން އެ ފަދަ ރޭޓެއް ނުވަތަ އަގެއް ޢާންމުންނަށް ފެންނާނެހެން ހާމަކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުމަކީ ކުށެކެވެ.

އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރުފައިސާ އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަކީ ކުށެއް. އިޝްތިހާރު ކުރުމާއި ޕްރޮމޯޓްކުރުން ކަމަށް ބުނެފައި އެވަނީ ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމާއި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށް ޑިޖިޓަލް ވަސީލަތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެހެންވެސް ވަސީލަތަކުން އާއްމުކޮށް އެމގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާ ފެތުރުމާ ތަކުރާރު ކުރުމާ ފޯރުކޮށްދިނުން

އިސްލާހް ހުށަހަޅުއްވަމުން މަމްދޫހް ވިދާޅުވިއެވެ.

މި ކުށް ކޮށްފި އާދައިގެ ފަރާތެއް 25000ރ. އާއި 500000ރ. އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭ އިރު ޤާނޫނީ ޝަޚުޞެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނަމަ 100000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުޢާމަލާތެއް ހިންގަން ޖެހޭނީ އެމްއެމްއޭއިން ކަނޑައަޅައި ޢާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑުގެ ހުދޫދުގެ ތެރޭގައި ކަމަށް ލާޒިމުކުރާ މާއްދާއެއް ވެސް ހިމެނެއެވެ. އެ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކައިފި ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފައެވެ.

މި އިސްލާހުތައް ކޮމެޓީން ފާސްކޮށްފައިވާ އިރު ދެން ބިލު ދާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްއްސައްތާރު މުޙައްމަދު ފުރަތަމަ ހުށަހެޅުއްވި މި ބިލުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ ގޮތަށް އޮތް އިޚުތިޔާރު އުވައިލައި އެ ރިސޯޓެއްގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުކުރުމެވެ.

ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވުމަށް ފަހު އިތުރު އިސްލާހުތައް ގެނައުމަށް ޓަކައި އިއްޔެގެ ޖަލްސާގައި ބިލު ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވައިފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ޕްރޮމޯޓް ކުރާ ނަމަ ޖޫރިމަނާ ކުރާ އިސްލާހެއް ހުށަހަޅާފައި ވާއިރު ދާދިފަހުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ބައެއް ނޫސްތަކުން ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.