މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
23 Aug 2026 | 13:31
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި ވަޒަންވެރިނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ކޮންސްޓްރަކްޝަން މަޝްރޫޢުތަކާ ގުޅިގެން ނަގާ ވިތުހޯލްޑިން ޓެކްސް ފަސް އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރެވެ. މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 54 މެންބަރުން އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ.

ވިތުހޯލްޑިން ޓެކްސަކީ ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގެ ފަރާތްތަކަށް ދައްކާ ފައިސާއިން އުނިކޮށް ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދައްކަން ޖެހޭ ޓެކްސެކެވެ.

މެންބަރު ޒަރީރު ބިލު ހުށަހަޅުއްވަމުން ވިދާޅުވީ މި ބަދަލު ގެނައުމުގެ ބޭނުމަކީ ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ވިޔަފާރިތަކުގެ މެދުގައި އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ޤާއިމުކުރުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވަޒަންވެރިނުވާ ފަރާތަކަށް ލިބޭ އާމްދަނީން ވިތުހޯލްޑިން ޓެކްސް ދައްކައިފައިވާ ނަމަ އެ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން ދައްކަން ޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމުގައި ބެލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު އެ އާމްދަނީ ނުހިމެނޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅައިފައިވެއެވެ.

މި އިސްލާހުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް އެވެރެޖުކޮށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މީރާއިން ލަފާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.