ރައްޔިތުންގެ މަޖިލިސް
17 Aug 2026
މަޖިލިސް މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ ޕެޓިޝަނެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
17 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އަށް ބޮޑުކުރަނީ
ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަދަލުން އަހަރަކު 251 މިލިޔަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
16 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީގެ ނަން މަޖިލީހަށް
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމުގެ ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މައްސަލަ ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
11 Aug 2026
ޔުމްނު ވެއްޓުނު ހާދިސާ: ތަހުގީގުގައި އިހްމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން
މިދިޔަ އަހަރުގެ އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ކިޔާ އަންހެނަކު ވެއްޓިފައި އޮއްވައި ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހްމާލުވި ފުލުހުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
11 Aug 2026
ތިން ވުޒާރާގައި އަލިފާނުގެ ހާދިސާ ހިނގި ސަބަބު އިހްސާން ހާމަކުރައްވައިފި
ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުންދާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތް ބޭނުން ނުކިރެވޭ ވަރަށް އަނދައިގެން ދިޔަ ހާދިސާ ހިނގި ސަބަބު ދާޚިލީ ވަޒީރު ޢަލީ އިހްސާން ސާފުކޮށްދެއްވައިފިއެވެ.
10 Aug 2026
އިހްތިސާސްގައި ހިމެނޭ ބިންތައް ނަގާތީ ޝާހިދުގެ ނުރުހުން ސަރުކާރަށް
ޝާހިދު ވިދާޅުވީ، ރަށްރަށުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ރައްޔިތުންގެ ބަހެއްނެތި ނެގޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައިވާ އިސްލާޙަކީ ސީދާ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށެވެ