ޝާހިދު
ހަބަރު
10 Aug 2026 | 16:20
އިހްތިސާސްގައި ހިމެނޭ ބިންތައް ނަގާތީ ޝާހިދުގެ ނުރުހުން ސަރުކާރަށް

ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ނެގުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ ސީދާ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޗާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ނެގޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރަށްރަށުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ރައްޔިތުންގެ ބަހެއްނެތި ނެގޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައިވާ އިސްލާޙަކީ ސީދާ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށެވެ. 

މިއީ ސަރުކާރުން ޚުދުމުޚްތާރުކޮށް ހިންގާ އަނިޔާވެރި ޢަމަލެއްކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ މިކަން ހުއްޓާލަން ސަރުކާރަށް ގޮވާލާފައެވެ. އަދި މިކަމުގައި އެމްޑީޕީން ދިވެހި ރައްޔިތުންނާއި ކައުންސިލުތަކާއި އެކު ސާބިތުވެ ތިބޭނެކަމަޑްވެސް ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް އެ އިސްލާހް ހުށަހަޅާފައިވަނީ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ. އެ އިސްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އިސްލާހް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އެ އިސްލާހާ ދެކޮޅަށް ޕެޓިޝަނެއް ހަދާފައިވާއިރު، އެ ޕެޓިޝަނުގައި ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ ސޮއިކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.