އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ "އެލައިޑް އައިފޯން ޑްރޮޕް 2" ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އާ އައިފޯން 18 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.
މި އަހަރުގެ ކުރީކޮޅު އެލައިޑުން ކުރިއަށް ގެންދިޔަ ފުރަތަމަ "އައިފޯން ޑްރޮޕް" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔުމާ ގުޅިގެން ފެށި މި ހަރަކާތަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އެ ކުންފުނިން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ.
މި ގިވްއަވޭ ކުރިއަށްދާނީ އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު (@allied.mv) ގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ގުރުއަތުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތުތަކަކީ:
އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން
ގިވްއަވޭ އާ ގުޅޭ ޕޯސްޓަށް ލައިކް ދިނުން
އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި 3 ރަހުމަތްތެރިން ޓެގްކުރުން
މީގެ އިތުރުން، އިތުރު ފުރުސަތެއް (ބޯނަސް އެންޓްރީ) ހޯދުމަށްޓަކައި، އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv ޓެގް ކުރެވިދާނެއެވެ. ކޮންމެ ފަހަރަކު ތަފާތު 3 ރަހުމަތްތެރިން ޓެގްކޮށްގެން ކޮންމެ މީހަކަށް ވެސް އެތައް ފަހަރަކު ކޮމެންޓްކޮށް، ބައިވެރިވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. އެންޓްރީތައް ބަލައިގަތުން 31 ޑިސެމްބަރު 2026 ގެ 23:59 ގައި ނިމޭނެއެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2027 ގައި އެލައިޑްގެ އިންސްޓަގްރާމް ޕޭޖުން ކުރިއަށްގެންދާ ލައިވް ގުރުއަތުލުމެއްގައެވެ.
މި ގިވްއަވޭގެ ފުރިހަމަ އުސޫލުތަކާއި ޝަރުތުތައް އެލައިޑްގެ އިންސްޓަގްރާމް ޕޯސްޓުން ބަލައިލެވޭނެއެވެ. މި ޕްރޮމޯޝަނަކީ އިންސްޓަގްރާމް، މެޓާ ޕްލެޓްފޯމްސް ނުވަތަ އެޕަލް އިންކް އާ އެއްވެސް ގުޅުމެއް އޮވެގެން އަދި އެ ފަރާތްތަކުން ސްޕޮންސާކޮށްގެން ހިންގާ ހަރަކާތެއް ނޫން ކަމަށްވެސް އެލައިޑުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް