ދީން
ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.
”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.
އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާ...
ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
ދިވެހިރާއްޖޭގައި ދީނީ ދައުވަތުގެ މައިދާނުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދީނީ އިލްމުވެރީންގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިމެނޭ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް ...
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...
އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...
ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...
”މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް؛ އެއީ ސުވަރުގެއަށް ވަނުމުގެ ދޮރެއް“
މައިންބަފައިންނަށް އިޙުސާންތެރިވުމަކީ الله ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމާއި އެއީ ޢުމުރުގައި ބަރަކާތް ލެއްވޭ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި ޚުޠުބާގައި ބުނެފިއެ...
ރަސޫލާﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނު ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުން: ޚުތުބާ
މާތް ނަބިއްޔާ މުޙައްމަދު ﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް ފުރިހަމައަށް ތަބާވުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ...
”ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވޭ؛ އެއީ ވަރަށް ބޮޑު އޮޅުމެއް“
"ސުންނަތޭ" ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާ އެހެން ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއ...
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން: ޚުތުބާ
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދ...
އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް، ނާމާން ބިރުވެރި ޤިޔާމަތް ދުވަހުގައި ބިރެއް ނެތް: ޚުތުބާ
ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހުގެ ނާމާންކަމުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންވެ ހެއު ޢަމަލުކުރުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތ...
އެމީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ޤިޔާމަތްދުވަހުން އެ ކަމުގެ ޒިންމާ އުފުލާންޖެހޭނެ: ޚުތުބާ
ކޮންމެ މީހަކީ މަސްއޫލިއްޔަތު ތަކެއް ހަވާލުވެފައިވާ މީހެއް ކަމަށާ، އެ މީހުން އެ މަސްއޫލިއްޔަތު އަދާކުރި ގޮތާމެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މަސްއޫލިއްޔ...
އުމްރާއަށް ދިޔަ ދިވެހިންގެ އަދަދު 4،000 ވުރެ ގިނަ: މިނިސްޓަރު
މިދުވަސްކޮޅު އުމްރާގެ އަޅުކަން އަދާކުރުމަށް ހަތަރު ހާހަށްވުރެ ގިނަ ދިވެހިން ގޮސް އެބަތިބިކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމ...