”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
ދީން 23 Oct 2026 | 08:25

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނި ގޮތުގައި، އިސްލާމްދީނަކީ މާތް الله އިންސާނިއްޔަތަށް ޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތީ މި ދީނުގެ މަތިވެރި އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ.

ޚުތުބާގައި ބުނީ، ޙަޤީޤީ މުސްލިމަކީ ކޮންމެފަދަ ބޮޑު ޤުރުބާނީއެއް ވާންޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް ޢަޤީދާގައި ސާބިތުވާ މީހެއް ކަމަށެވެ. މިގޮތުން، އިސްލާމީ ތާރީޚުން ވަނީ މިސާލު ދައްކާފައެވެ.

”ކީރިތި ރަސޫލާ ﷺ މުއައްޛިނެއްކަމުގައިވާ بِلَال رَضِيَ الله عَنْهއަށް ކާފިރުން ދެމުންދިޔަ އަނިޔާ އޭގެ އިންތިހާއަށް ދިޔައެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ: "أَحَدٌ أَحَدٌ" މިފަދައިންނެވެ. މާނައީ: "މާތް الله އެއްކައުވަންތައެވެ. މާތް الله އެއްކައުވަންތައެވެ."

ހަމަ އެފަދައިން މާތް ޞަޙާބީއެއްކަމުގައިވާ اَلْـخَبَّابُ بْنُ الْاَرَتِّ އިސްލާމްދީން ޤަބޫލުކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރެވުނެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވިއެވެ. މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނެއެވެ. އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންނެވެ. މި ހުރިހައިކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގައެވެ.

މިއީ އިންތިހާ ދަރަޖައިގެ އަނިޔާއާއި އުނދަގޫތަކާ އެކުގައި ވެސް، ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ ބައެއް މިސާލުތަކެވެ.

މީގެ އިތުރަށް، މި ދީން ހިމާޔަތްކޮށް ދީނީ ދަޢުވަތު ފެތުރުމަށް މުދަލާއި ފުރާނައިން ސަޙާބީ ބޭކަލުން ޖިހާދުތައް ކުރެއްވި ކަމަށާ، އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ، އެ ކަމާ އުފާކުރާ ޙާލުގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

އެ ބޭކަލުންގެ ގެދޮރާއި މުދާ ދޫކުރައްވައި، ދީނަށް ނަޞްރުދެއްވުމަށް ޓަކައި ހިޖުރަކުރެއްވިއެވެ. އެއީ اللهގެ ފަޟުލުވަންތަކަމާއި ރުއްސެވުން އެދިވަޑައިގެންނެވެ. އަދި اللهއާއި އެކަލާނގެ ރަސޫލާއަށް ނަޞްރުދެއްވުމުގެ ގޮތުންނެވެ.

ޚުތުބާގައި އިތުރަށް ބުނިގޮތިގައި، މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބިފައިވަނީ ހަމައެކަނި އިސްލާމްދީނުގެ ސަބަބުންނެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާ ފަދައިން، އިސްލާމްދީން ނޫން އެހެން ކަމަކުން ޢިއްޒަތް ހޯދަން މަސައްކަތްކޮށްފި ނަމަ މާތް الله އެބަޔަކު ނިކަމެތިކުރައްވާނެއެވެ.

މިއަދުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޚުތުބާގައި ވަނީ، ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ބޭރުގެ ނޭދެވޭ ސަގާފަތްތަކަށް ތަބާވަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޝިރުކާއި ބިދުޢަތަކުން ދުރުހެލިވެ، ގޭތެރޭގައްޔާއި ބާޒާރުތަކުގައްޔާއި އެންމެހައި މަޖިލިސްތަކުގައި އިސްލާމީ ރިވެތި އުޞޫލުތަކާއި އަޚުލާޤު ދައްކުވައިދިނުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...