ޚުތުބާ އަޑުއަހަނީ- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޚުތުބާ އަޑުއަހަނީ- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން 27 Nov 2026 | 12:41

މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާމީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ޢަޛާބު ލިބޭނެ: ޚުތުބާ

މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝު ކަންތައްތައް ފަތުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް ކަމަށެވެ. އަދި ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އެފަދަ އެންމެހައި ޢަމަލުތައް މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މުއުމިނުންގެ ތެރޭގައި ފާޙިޝު ކަންކަން ފެތުރުމަށް ލޯބިކުރާ މީހުންނަށް ދެ ދުނިޔޭގައި ޢަޛާބު ހުރިކަން ކީރިތި ޤުރުއާނުން ސާބިތުވާ ކަމަށެވެ.

މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާމީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބުހުރިކަމަށް އަންގަވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

މިއާއެކު ހުތުބާގައި ވަނީ ފާޙިޝު ޢަމަލުތަކުގެ ތެރެއިން ފާފަވެރިކަން ބޮޑު ކަންކަމުގެ ގޮތުގައި ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާޠާއި ސިޙާޤު ފަދަ ނުބައި ޢަމަލުތައްކަމަށެވެ. މީގެ އިތުރުން، ލިވާޠުކުރުމުގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވި ގަދަފަދަ ޢަޛާބުން ޢިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

މުޖުތަމަޢުގައި މިފަދަ ކަންކަން ފެތުރުމުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ވަނީ ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނުބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މިއަދު ދުނިޔޭގައި އެޗް.އައި.ވީ ވައިރަހާއި އެއިޑްސް ބައްޔާއި، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ފާޙިޝު ޢަމަލުތައް ހިންގާ މީހުންގެ މެދުގައި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ޒަމާނަށް އައި ބަދަލާއެކު ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގުން އިތުރުވެފައިވާކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި، މުދައްރިސުންނާއި، މުއައްސަސާތަކުގެ މަސްއޫލުވެރިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ، އެހެން ނޫންނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

ޚުތުބާ ނިންމާލަމުން ބުނީ، އިންސާނާގެ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ކާވެނީގެ މަގު އިޚުތިޔާރުކުރަން ޖެހޭ ކަމަށެވެ. އަދި ކާވެނިކުރުމުގެ ކުޅަދާނަކަން ނެތް ޒުވާނުން ރޯދަހިފައިގެން ނަފްސު ދިފާޢުކުރުމަށާއި، ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި ﷲ ޙަރާމްކުރެއްވި ކަންކަމާ ދުރުހެލިވެ، ކީރިތި ޤުރުއާނާއި ކައު ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ގޮވާލިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކަށްވިޔަސް އިސްލާމްދީނުގައި އަންގަވަނީ ރިވެތި ބަހުން ބަސްބުނުމަށް: ޚުޠުބާ
20 Nov 2026 ދީން

ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކަށްވިޔަސް އިސްލާމްދީނުގައި އަންގަވަނީ ރިވެތި ބަހުން ބަސްބުނުމަށް: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި ރިވެތި އަޚުލާޤާއި މަޑުމައިތިރި ބަސްމޮށުމާއި ކެތްތެރިކަމުގެ މުހިންމުކަން ހަނދާންކޮށްދީ، ޤައުމެއް ކުރިއެރުމަށް އަޚުލާޤީ ސިފަތައް ޒަރޫރީކަމަށް ބާރުއަޅުއްވައިފިއެވެ.

ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ
13 Nov 2026 ދީން

ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ

މާތް الله އިންސާނާއަށް ދެއްވާފައިވާ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ އެކަލާނގެއަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ
06 Nov 2026 ދީން

ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ

ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.