ހުކުރު ޚުތުބާ އަޑު އަހަނީ، ފޮޓޯ: މިހާރު
ހުކުރު ޚުތުބާ އަޑު އަހަނީ، ފޮޓޯ: މިހާރު
ދީން 23 Oct 2026 | 12:54

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ރަށްތަކުގައި "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މައުޟޫޢު އަށް އިއްވި ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމްދީނަކީ މާތް الله އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގަކީ ވެސް އެއީ ކަމަށް ޚުތުބާގައި ބުންޏެވެ.

ނަމަވެސް މިއަދު ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ވާޖިބުތަކަށް އިހުމާލުވެ، ދީނާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާތީ އެކަމާ މެދު ޚުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދީނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ވަނީ ފުރަތަމަ ޖީލުގެ މުސްލިމުން ދެއްކެވި މަތިވެރި މިސާލުތައް ހަނދާންކޮށްދީފައެވެ. އެގޮތުން، ކީރިތި ރަސޫލާގެ މުއައްޛިން ބިލާލުގެފާނަށް ކާފިރުން އިންތިހާއަށް އަނިޔާކޮށް، މައްކާގެ ހޫނު ހިލަތަކުގެ މަތީގައި ދަމަމުން ދިޔައިރު ވެސް، އެކަލޭގެފާނު ސާބިތުކަމާއެކު "އަޙަދު، އަޙަދު" (الله އެއްކައުވަންތައެވެ) މިފަދައިން ވިދާޅުވަމުން ގެންދެވިކަން ފާހަގަކުރިއެވެ. ހަމައެއާއެކު، ޚައްބާބު ބިން އަލްއަރައްތުގެ ބުރަކަށިފުޅުގެ މަސްތައް ވިރިގެން ފައިބައިގެންދާ ވަރަށް އަލިފާންގަނޑު މަތީގައި އަނިޔާކުރި ނަމަވެސް، އެކަލޭގެފާނު ވެސް ދީނުގައި ސާބިތުވެ ހުންނެވި ކަމަށާއި، އެތައް ސަޙާބީންނެއް ދީނުގެ ދިފާޢުގައި މުދަލާއި ފުރާނައިން ޤުރުބާންވެ ޝަހީދުވެވަޑައިގެންނެވިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބިފައިވަނީ ހަމައެކަނި އިސްލާމްދީނުގެ ސަބަބުން ކަމަށާއި، މުސްލިމުން ދީނާ ދުރުހެލިވާ ވަގުތުތަކުގައި ނިކަމެތިވެ ދުޝްމަނުންގެ ބާރު ފޯރާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ އާރާއި ބާރު ލިބޭނީ ޤުރުއާނަށާއި ސުންނަތަށް އަލުން ރުޖޫޢަވެގެން ކަމަށް ޢުމަރުގެފާނުގެ ބަސްފުޅަކާ ޙަވާލާދީ ޚުތުބާގައި ހާމަކުރިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ، މި މަތިވެރި ނިޢުމަތަށްޓަކައި اللهއަށް ޝުކުރުވެރިވެ، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް އިސްލާމީ ރިވެތި އުޞޫލުތައް ދައްކުވައިދިނުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ޝިރުކާއި، ބިދުޢަތަކުން ދުރުހެލިވެ، ހިތްނިޔަތް ޚާލިޞްކޮށް، ފަރުޟު ނަމާދުތަކާއި ޒަކާތް އަދާކޮށް، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރިވެ ވާގިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ނަޞޭޙަތްތެތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްތަންބޫލްގެ މި މިސްކިތުގެ ނަމުގެ މާނައަކީ ”އަހަރެން ކެއި ފަދަ“: ނަމުގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ވާހަކައެއް!
12 Nov 2026 ދީން

އިސްތަންބޫލްގެ މި މިސްކިތުގެ ނަމުގެ މާނައަކީ ”އަހަރެން ކެއި ފަދަ“: ނަމުގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ވާހަކައެއް!

ތާރީޚީ އެތައް ހާދިސާތަކަކާއި ކަންތައްތަކެއް ފޮރުވިފައިވާ ތުރުކީވިލާތުގެ އިސްތަންބޫލްގެ ގޯޅިތަކުގެ ތެރެއިން ހިނގާލާފައި ދާއިރު ތުރުކީ ބަހުން ކިޔާ "ސަންކީ ޔެދިމް" (ށަނކި ޠެދިމ) ނަމަކަށް ކިޔާ މިސްކިތެއް ފެންނަން ހުންނާނެއެވެ. މިއީ ދުނިޔޭގައި ވެސް އެންމެ ތަފާތު ނަމެއް ދެވިފައިވާ މިސްކިތަކަށް ވާނެއެވެ. އެ މިސްކިތުގެ ނަމުގެ މާނައަކީ "އަހަރެން ކެއި ފަދަ" އެވެ.

ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ
06 Nov 2026 ދީން

ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ

ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...