އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ / ފޮޓޯ: ވޮއިސް
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ / ފޮޓޯ: ވޮއިސް
ހަބަރު 12 Nov 2026 | 20:32

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ފެނުނު ކޭހާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 291 އަށް އަރާފައެވެ.

ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ކަނޑައަޅައި، ބަލައިގެންފައިވަނީ 2017 ވަނަ އަހަރުގައެވެ.

ނަމަވެސް، މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި އަނެއްކާވެސް މި ބަލި ފެތުރެން ފެށިއެވެ. ބަލި ފެތުރެން ފެށި ދުވަސްވަރު ކޮންމެ ހަފުތާއަކުވެސް ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ފައްސިވަމުން ދިޔަ ނަމަވެސް، އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ "އެމްއާރު" ވެކްސިން ޖެހުމުގެ ހާއްސަ މަސައްކަތްތަކެއް މުވައްޒަފުން މެދުވެރިކޮށް ކުރިއަށް ގެންދަމުންނެވެ. މިގޮތުން، މި އަހަރުގެ މިހާތަނަށް 17،524 މީހަކަށް އެމްއާރު ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސިއްހީ އިދާރާތަކުން އިލްތިމާސްކުރަނީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
12 Nov 2026 ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު
12 Nov 2026 ހަބަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި
12 Nov 2026 ހަބަރު

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
12 Nov 2026 ހަބަރު

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ހިމަބިހިޖެހޭ މީހުންގެ އަދަދަު ވަރަށްބޮޑަށް ދަށަށް ގޮސްފި
29 Sep 2026 ހަބަރު

ހިމަބިހިޖެހޭ މީހުންގެ އަދަދަު ވަރަށްބޮޑަށް ދަށަށް ގޮސްފި

މިދިޔަ ހަފުތާތެރޭ ހިމަބިއްސަށް ފައްސިވެފައިވަނީ 2 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ރަސްމީ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ ހަފުތާގައި ހ...

ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
19 Sep 2026 ހަބަރު

ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާންމުންނަށް އިލްތިމާސްކޮށްފިއެވެ. އ...