ކްރިމިނަލް ކޯޓް- ފޮޓޯ/ ވޮއިސް
ކްރިމިނަލް ކޯޓް- ފޮޓޯ/ ވޮއިސް
ހަބަރު 12 Nov 2026 | 12:42

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވާދޫ، އުމުރުން 19 އަހަރުގެ ޒުވާނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒުވާނާއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޝަރީއަތުގައި ފާހަގަކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 5 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ވަނީ ހުށަހެޅިފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ނިންމީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އޭނާގެ ބަންދަށް 5 ދުވަހުގެ ކުރު މުއްދަތެއް ދީފައިވަނީ، މި މައްސަލައިގައި އޭނާ ކުރިއަށްދާން ބޭނުންވަނީ ޤާނޫނީ ވަކީލަކާއެކު ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
12 Nov 2026 ހަބަރު

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެއްޖެ
12 Nov 2026 ހަބަރު

މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެއްޖެ

މިސްކިތެއްގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ދާދިފަހުން ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިނިވަންވި ނައުޝާދު މޫސާ، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ މުޑުދާރު އަމަލެއް ހިންގައިފިއެވެ.

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި
12 Nov 2026 ހަބަރު

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން ފަލަސްޠީނުގެ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދީފައި މިވަނީ، ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ފެން ނުވަންނަ ފަދަ ޓެންޓުތައް ފޯރުކޮށްދިނުމަށް އދ. އިން އިލްތިމާސެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި
12 Nov 2026 ހަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، މާރާމާރީ ހިންގާ ބިރުދެއްކި މައްސަލައެއްގައި ޒުވާނަކު 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ
12 Nov 2026 ހަބަރު

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އާމްދަނީއަށް ވުރެ 23 އިންސައްތަ އިތުރު އަދަދެކެވެ.