އެލެކްޒެންޑަރ ޑާޗިއެވް؛ ފޮޓޯ / ރަޝިޔަން ނިއުސް އޭޖެންސީ
އެލެކްޒެންޑަރ ޑާޗިއެވް؛ ފޮޓޯ / ރަޝިޔަން ނިއުސް އޭޖެންސީ
ދުނިޔެ 12 Nov 2026 | 11:38

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެކްޒެންޑަރ ޑާޗިއެވް، އުމުރުން 66 އަހަރުގައި ކުއްލި ގޮތަކަށް ރަޝިޔާގެ ވެރިރަށް މޮސްކޯގައި މަރުވެއްޖެއެވެ.

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.

އެގޮތުން، ރަޝިޔާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަހާރޯވާ ބުނި ގޮތުގައި، ޑާޗިއެވް އަވަހާރަވީ ދިގު މުއްދަތަކަށް ތަހައްމަލު ކުރަމުންދިޔަ ބަލިއަކަށް ފަރުވާ ހޯއްދަމުން ދަނިކޮށެވެ. އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ރަޝިޔާ އެމްބަސީ ދޫކޮށް އޭނާ މޮސްކޯއަށް އެނބުރި އައީ އެ ބައްޔަށް ފަރުވާ ހޯދުމަށެވެ. ހާރިޖީ ވުޒާރާއިން ވަނީ، ޑާޗިއެވްއަކީ އެ ގައުމުގެ ހާރިޖީ ދާއިރާގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތްތަކުގައި ހިދުމަތް ކުރި ފާހަގަކޮށްލެވޭ ޤާބިލު ބޭފުޅެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ހުޅަނގުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ތަޖުރިބާކާރު ޑިޕްލޮމެޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޑާޗިއެވް، އެމެރިކާގެ ސަފީރުކަމުގެ މަޤާމާ ހަވާލުވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭނާގެ ސަފީރުކަމުގެ ދައުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މޮސްކޯއާއެކު ދެޤައުމުގެ މަޝްވަރާތައް ފައްޓައި، ޔޫކްރެއިނަށް ދެމުންދިޔަ އެހީތައް މަދުކުރުމާއި ގުޅިގެން އެމެރިކާއާއި ރަޝިޔާގެ ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށާފައެވެ.

އެމެރިކާގެ ސަފީރުކަމަށް ވަޑައިގަތުމުގެ ކުރިން ޑާޗިއެވް ވަނީ ރަޝިޔާގެ ހާރިޖީ ވުޒާރާގެ ނޯތު އެޓްލާންޓިކް ޑިޕާޓްމަންޓުގެ ވެރިޔާގެ މަޤާމުވެސް ވޮޝިންޓަންގައި އަދާކޮށްފައެވެ. މީގެ އިތުރުން، 2014 އިން 2021 އަށް ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރުކަންވެސް އޭނާ ކުރެއްވިއެވެ.

މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިންވެސް ރަޝިޔާގެ އިސް ޑިޕްލޮމެޓަކު ވަނީ މިފަދަ ކުއްލި ގޮތަކަށް މަރުވެފައެވެ. އެގޮތުން، އދ. އަށް ކަނޑައަޅުއްވާފައި ހުންނެވި ރަޝިޔާގެ ސަފީރު ވިޓާލީ ޗާކިން 2017 ވަނަ އަހަރު އުމުރުން 64 އަހަރުގައި އަވަހާރަވީ، އޭނާގެ 65 ވަނަ އުފަންދުވަހަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް
12 Nov 2026 ދުނިޔެ

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ސުލްހަވެރިކަމާއެކު ޓައިވާން ޗައިނާއާ ގުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވާހަކަފުޅުގައި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް
12 Nov 2026 ދުނިޔެ

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

އިސްރާއީލުން ދިން މި ހަމަލާގައި 6 މީހަކު ޝަހީދުވެ، މަދުވެގެން 20 މީހަކު ވަނީ ޒަހަމްވެފައެވެ.

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
12 Nov 2026 ދުނިޔެ

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ގެ ދަރިކަލުން އަދި އެ ޤައުމުގެ ނައިބު ރައީސް ޖިބްރާން ރަކަބުމިންގ ރަކާ، އޭނާގެ ތަޢުލީމީ ސަނަދާ ގުޅޭގޮތުން އުފެދުނު ބޮޑު މައްސަލަގަނޑެއްގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން
12 Nov 2026 ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް
11 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް
10 Nov 2026 ވިޔަފާރި

ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް

ރަޝިޔާއަށް ފައިސާ ފޮނުވުމަށާއި އެ ޤައުމުން ރާއްޖެއަށް ފައިސާ ފޮނުވުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުޢާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ރަޝިޔާގެ ހަމަލާތަކުން ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ގެއްލުންވެ، އެތައް ބަޔަކު އަނދިރީގައި
08 Nov 2026 ދުނިޔެ

ރަޝިޔާގެ ހަމަލާތަކުން ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ގެއްލުންވެ، އެތައް ބަޔަކު އަނދިރީގައި

ޔޫކްރެއިނުގެ ނިޕްރޯޕެޓްރޯވްސްކް އަދި ހާކީވް ސަރަހައްދުގެ ހަކަތަ ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ގާތްގަނޑަކަށް 850،000 މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެއްޖެއެވެ.

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.