ކިޔޭވްގެ މަރުކަޒީ ސަރަހައްދުތަކަށް އަމާޒުކޮށް ދިން އިތުރު ހަމަލާތަކެއްގެ ސަބަބުން، އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ
ފޮޓޯ: ސީބީއެސްނިޔުސް
ކިޔޭވްގެ މަރުކަޒީ ސަރަހައްދުތަކަށް އަމާޒުކޮށް ދިން އިތުރު ހަމަލާތަކެއްގެ ސަބަބުން، އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފަ ފޮޓޯ: ސީބީއެސްނިޔުސް
ދުނިޔެ 08 Nov 2026 | 23:02

ރަޝިޔާގެ ހަމަލާތަކުން ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ގެއްލުންވެ، އެތައް ބަޔަކު އަނދިރީގައި

ޔޫކްރެއިނުގެ ނިޕްރޯޕެޓްރޯވްސްކް އަދި ހާކީވް ސަރަހައްދުގެ ހަކަތަ ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން، ގާތްގަނޑަކަށް 850،000 މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެއްޖެއެވެ.

ޔޫކްރެއިނުގެ އިރުމަތީ ނިޕްރޯޕެޓްރޯވްސްކް ސަރަހައްދުގެ ހަކަތަ އުފައްދާ މަރުކަޒަކަށް ރޭގަނޑުގެ ވަގުތެއްގައި ދިން ނުރައްކާތެރި ހަމަލާއެއްގައި، 600،000 އަށްވުރެ ގިނަ ރައްޔިތުންގެ ކަރަންޓު ކެނޑިފައިވާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޑީ.ޓީ.އީ.ކޭ' އިން ޓެލެގްރާމް މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި ބުނީ އާދީއްތަ ދުވަހު ކަރަންޓު ކެނޑުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނީ ޕަވްލޯގްރޭޑް، ސަމަރިވްސްކީ، ކާމިއަންސްކޭ، ނިޕްރޯ ޑިސްޓްރިކްޓް އަދި ނިޕްރޯ ސިޓީގެ ރައްޔިތުންނަށް ކަމަށެވެ. އަދި ގެއްލުން ލިބުނު މަރުކަޒުތައް މަރާމާތުކޮށް، އަލުން ޚިދުމަތް ދިނުމަށް އިންޖިނިއަރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރަޝިޔާއިން ދެމުންގެންދާ ވައިގެ ހަމަލާތައް އިތުރަށް ފުޅާކޮށް، ހަކަތައިގެ ވިއުގަތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ވަރުގަދަކުރަމުން ދިއުމާ ގުޅިގެން، ޔޫކްރެއިނުން ދަނީ ހަނގުރާމައިގެ ނާޒުކު ފިނި މޫސުމަކާ ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ.

އިރުއުތުރު ޚާކީވް ސަރަހައްދުގެ އަސާސީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، އިތުރު 250،000 އެއްހާ ރައްޔިތުންގެ ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެ، އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވެއެވެ.

މި ހަމަލާތައް އަމާޒުވެފައި މިވަނީ، ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން ފަސް ސަރަހައްދަކުން ކަރަންޓު ކެނޑި، ވެރިރަށް ކިއޭވްއަށް ހަކަތަ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޔޫކްރެއިނުގެ އެނާޖީ މިނިސްޓްރީން ހާމަކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
08 Nov 2026 ދުނިޔެ

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް
08 Nov 2026 ދުނިޔެ

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް

ޖަޕާނުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ
07 Oct 2026 ދުނިޔެ

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ...

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
05 Oct 2026 ދުނިޔެ

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ...

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
19 Sep 2026 ދުނިޔެ

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި

ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕޮލެންޑުގެ ބޮޑުވަޒީރ...

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
30 Aug 2026 ދުނިޔެ

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ...