ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --
ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --

ރިވެލި އެވޯޑް: އަމީނިއްޔާއާ އެޗްޑީސީ ހިމެނޭހެން އަށް ފަރާތަކަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ޚާއްޞަ އެވޯޑު، "ރިވެލި އެވޯޑު 2026" މި އަހަރު އަށް ފަރާތަކަށް އަރުވައިފި އެވެ.

މި އަހަރުގެ އެވޯޑް ދީފައިވަނީ ހަ ދާއިރާއަކުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ އާއި އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭ އަމިއްލަ ޖަމްޢިއްޔާތަކުގެ ދާއިރާ އާއި ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ އެވެ.

ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --
ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --

މި އަހަރުގެ އެވޯޑަށް 25 ފަރާތަކުން ނަން ހުށައެޅި އެވެ. އެވޯޑް ލިބުނީ:

* ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

* މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

* ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

* ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)

* އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)

* ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)

* ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)

* ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --
ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --

މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމާ ގުޅިގެން، އެ ތާރީޚީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އިސްމާޢީލް ރާހިލް ށ.ކޮމަންޑޫ, އެންދެރިމާގެއަށް މިނިސްޓްރީން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --
ރިވެލި އެވޯޑް 2026 ދިނުމުގެ ރަސްމިއްޔާތު --

މި އެވޯޑާއެކު ސަރުކާރުން ޙާޞިލުކުރަން އެދޭ ދުރުރާސްތާ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އިތުރަށް އުފުލި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ޙިއްޞާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާޙައުލެއް ޤާއިމުވެގެން ދިއުން ކަމަށް ސިއްހަތާއި އާއިލާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް