ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ހަބަރު 08 Nov 2026 | 23:06

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ" އަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ސީޕީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުންކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
08 Nov 2026 ހަބަރު

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި
08 Nov 2026 ހަބަރު

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި
08 Nov 2026 ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި

މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރުކަން އަދާކުރައްވާފައިވާ އައިމަން ހައްޔަރުކުރީ، މި މަހުގެ 3 ވަނަ ދުވަހުގައެވެ.

ޓިކްޓޮކްގައި ދަރިވަރަކަށް ބުލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
08 Nov 2026 ހަބަރު

ޓިކްޓޮކްގައި ދަރިވަރަކަށް ބުލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.