މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާއިރު، މި ހާދިސާއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރޯވި ގުދަނުގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ދީފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް