ލ. ގަން- ފޮޓޯ/ ގަން ކައުންސިލް
ލ. ގަން- ފޮޓޯ/ ގަން ކައުންސިލް
ހަބަރު 08 Nov 2026 | 10:10

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި އުސޫލުގެ ދަށުން ވިޔަފާރި ބޭނުމަށް ރަށުން ބޭރުކުރާ ރުއްގަހުން ފީއެއް ނެގުމަށް ވަނީ ކަނޑައަޅައިފައެވެ.

ގަމު ކައުންސިލުން ޢާންމުކޮށްފައިވާ "ލ. ގަމުން ރުއްގަސް ނެގުމާއި، އުފުރުމާއި ރަށުން ބޭރުކުރުމުގެ އުސޫލު"ގައިވާގޮތުން އޭގެ މައިގަނޑު މަޤްޞަދަކީ ގަމުގެ ޤުދުރަތީ ރީތިކަމާއި ފެހިކަން ދެމެހެއްޓުމާއެކު، ދުވަސްވީ ގަސްގަހާގެހި ރައްކާތެރިކުރުމާއި، ނެގޭ ރުއްގަހުގެ ބަދަލުގައި އައު ރުއްގަސް އިންދައި އާލާކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.

އަލަށް ޢަމަލުކުރަން ފެށި މި އުސޫލުގައިވާ ގޮތުން، ލ. ގަމުން ރުއްގަސް ނެގުމަށާއި ބޭރުކުރުމަށް އެދި ހުށަހަޅާ ފޯމު ޕްރޮސެސިންގ ފީއެއްގެ ގޮތުގައި 50 ރުފިޔާ ނަގާނެއެވެ. އަދި ވިޔަފާރި ބޭނުމަށް ރަށުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ނަގާއިރު، ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަވާނަމަ ގަހަކަށް 25 ރުފިޔާ އަދި އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް 5 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ދަރުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑާ ކޮންމެ ގަހަކަށް 10 ރުފިޔާގެ ފީއެއް ނަގާއިރު، ހުއްދައިގެ މުއްދަތު އިތުރުކޮށްދޭ ކޮންމެ ފަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ނަމަވެސް، ރަޖިސްޓްރީކޮށްފައިވާ ނާސަރީތަކުގައި ހައްދާ ގަސްތަކުން އެއްވެސް ފީއެއް ނުނަގާނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލްގެ ހުއްދަ ނެތި ރަށުގެ އެއްވެސް ސަރަޙައްދަކުން ރުއްގަސް ކެނޑުމާއި ބޭރުކުރުމަކީ މަނާކަމެކެވެ. ޚާއްޞަކޮށް ރަށުގެ ގޮނޑުދޮށުން ފެށިގެން އެއްގަމަށް 20 މީޓަރުގެ ސަރަޙައްދުގައި ހުރި ރުއްގަހާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ތަކެތި އަދި ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްގަހާގެހި ކެނޑުމާއި ބޭރުކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ކުއްޔަށް ދޫކޮށްފައިވާ ބިންތައް ފިޔަވައި ރަށުގެ ޢާންމު ސަރަޙައްދުތަކުގައި ހެދިފައިވާ ރުއްގަސް ނެގުންވެސް ވަނީ މަނާކޮށްފައެވެ.

ހުއްދަ ދޫކުރުމުގެ އިޖުރާއަތުތަކަށް ބަލާއިރު، 50 ރުކަށްވުރެ މަދުން ނަގާނަމަ ކައުންސިލުން ސީދާ ހުއްދަ ދޫކުރި ނަމަވެސް، 50 އާއި 200 އާ ދެމެދުގެ އަދަދަކަށް ރުއްގަސް ނަގާނަމަ ތިމާވެށްޓާ ބެހޭ އިދާރާގެ ހުއްދަ ހޯދަންޖެހެއެވެ. އަދި 200 އަށްވުރެ ގިނަ ރުއްގަސް ނަގާނަމަ ނުވަތަ 4000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް ސާފުކުރާނަމަ، އީއައިއޭ ހަދައި ފާސްކުރަން ލާޒިމުވެއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، ގަމުން ކަނޑާ ނުވަތަ ނަގާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް 2 ރުއް ނުވަތަ ގަސް، ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި އިންދަންޖެހެއެވެ. އަދި ޚާއްޞަ ޙާލަތްތަކުގައި ހުއްދަދެވޭ ގަސްތަކަށް ކޮންމެ ގަހަކަށް 4 ގަސް އިންދަންޖެހޭނެއެވެ. މީގެއިތުރުން، ރުއްގަސް ނެގުމަށްފަހު ހެދޭ ވަޅުގަނޑުތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި، ބޭރުކުރާ ގަސްތަކުގައި ކައުންސިލްގެ ޓްރޭސަބިލިޓީ ނަންބަރު ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ.

މި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅައި ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާ އަދި އުސޫލާ ޚިލާފުވެގެން ހުއްދަ ބާޠިލްކުރެވޭ ފަރާތްތަކަށް އަލުން ހުއްދަ ދޫކުރެވޭނީ 1 އަހަރު ދުވަހުގެ މުއްދަތެއް ފަހުން ކަމަށްވެސް ގަމު ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
08 Nov 2026 ހަބަރު

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
08 Nov 2026 ހަބަރު

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝުހާދު މަރުވެފައި ވަނީ ޙަސަން ފަރީދުގެ ރަޙުމު ކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިންކަން ހުށައެޅިފައިވާ ހެކީންގެ ހެކިބަހަށާއި މެޑިކޯ ލީގަލް ރިޕޯޓްތަކަށް ރިޔާއަތް ކުރާއިރު ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.