ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ނޯޓިސްގައި ބުނީ، އެ ކޮމިޝަނުން ޢަދާލަތު ޕާޓީ ޖޫރިމަނާކުރަން ނިންމީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު،
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ.
އެހެންނަމަވެސް، ޢަދާލަތު ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓްކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު އެ ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވާތީ އެކަންކަން ކަށަވަރުނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށްވެސް އީސީގެ ނޯޓިސްގައި ވަނީ ބަޔާންކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް