ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ:ޕީއެސްއެމްނިއުސް/އަތޫފް އާތިފް
ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ:ޕީއެސްއެމްނިއުސް/އަތޫފް އާތިފް
ކުޅިވަރު 08 Nov 2026 | 12:36

ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް ޕާކިސްތާނަށް

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް، ފަސޭހަކަމާއެކު ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.

މިމެޗް ޕާކިސްތާން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. ޕާކިސްތާނުން މޮޅަށް ކުޅުނު މިމެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ.

މިމެޗްގައި ޕާކިސްތާނުން ވަނީ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މި ލަނޑު ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ ހަތަރުވަނަ މިނެޓް ތެރޭގައި ލިބުނު ޕެނަލްޓީއަކުން އަބްދުﷲ އެވެ. މެޗްގައި ޕާކިސްތާނުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނަޖީބުﷲ އެވެ. އޭނާ ފުރަތަމަ ގޯލް ކާމިޔާބުކުރީ 9 ވަނަ މިނެޓް ތެރޭގައެވެ. އަދި ފަހު ލަނޑު ކާމިޔާބުކުރީ 24 ވަނަ މިނެޓް ތެރެގައެވެ.

މިއީ މި މުބާރާތުގައި ޕާކިސްތާނު ކުޅުނު ދެވަނަ މެޗެވެ. ޕާކިސްތާނުން ފުރަތަމަ ނިކުތީ އިންޑިއާ އާ ދެކޮޅަށެވެ. އެމެޗް އިންޑިއާ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި ދެން ރާއްޖެ ނިކުންނާނީ، އަންނަ ބުދަ ދުވަހު އިންޑިއާ އާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް
06 Nov 2026 ދުނިޔެ

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް

ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދަރަނީގެ ދަތިތަކާ އެކުވެސް، ޕާކިސްތާނުގެ މަރުކަޒީ ބޭންކު—ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އުފުލި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. ވިޔަފާރި ބޭންކުތަކުގައި ހުރި ފައިސާއާއެކު އެ ގައުމުގެ ޖުމްލަ ރިޒާވް މިހާރު ވަނީ 26.86 ބިލިއަން ޑޮލަރަށް އަރާފައެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި
06 Nov 2026 ދުނިޔެ

ތުރުކީގެ ގާނޫނުހަދާ މަޖިލީހުން މައްކާގެ ދިފާޢީ އެއްބަސްވުން ފާސްކޮށްފި

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން ދިފާޢުގައި އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ
04 Nov 2026 ހަބަރު

ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ

ޕާކިސްތާނުގެ ވަރލްޑް އީކޯ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަފީރު ލޯދީ ވިދާޅުވީ، މިއީ 11 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކަމަށްވުމުން، މިއީ ވަރަށް މުހިންމު އަދި ތާރީޚީ ދަތުރުފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް
29 Oct 2026 ދުނިޔެ

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް

ޕާކިސްތާނުގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ 'އެޕްނާ' އިން ހިލޭ ކޯނިއާ ހަދިޔާކޮށްގެން ކުރިއަށްގެންދިޔަ އިންސާނީ މި އެހީގެ މަޝްރޫއު ހުއްޓާލުމަށް ތާލިބާނުން އަންގާފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ކާބުލް އާއި ޖަލާލުއާބާދުގެ ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް މެދުކަނޑާލައި، ފަރުވާއަށް އިންތިޒާރު ކުރަމުންދިޔަ އެތައް ސަތޭކަ ބަލިމީހުން އަނބުރާ ފޮނުވާލާފައެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.