ކަނޑު ގަދަ ދުވަހެއް- ފޮޓޯ/ ވޮއިސް
ކަނޑު ގަދަ ދުވަހެއް- ފޮޓޯ/ ވޮއިސް
ހަބަރު 08 Nov 2026 | 10:34

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާއިރު، ހދ. ނޮޅިވަރަމަށް މިއަދު ހެނދުނު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި އެ ރަށުތެރޭގައި ފެންބޮޑުވެ، 3 ގެޔަކަށް ފެން ވަދެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ގަޑިއަކު 35 މޭލަށް ވައިގަދަވެ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅަނގާއި ހުޅަނގު އުތުރަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

މިއީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއް ކަމުން، ކަމާބެހޭ އިދާރާތަކުން ދަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، މި ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ
08 Nov 2026 ހަބަރު

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި
08 Nov 2026 ހަބަރު

ޝުހާދުގެ ޤާތިލު ފަރީދު މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝުހާދު މަރުވެފައި ވަނީ ޙަސަން ފަރީދުގެ ރަޙުމު ކުޑަ، ޢުދުވާނީ އަދި ލާއިންސާނީ ޢަމަލުގެ ނަތީޖާއިންކަން ހުށައެޅިފައިވާ ހެކީންގެ ހެކިބަހަށާއި މެޑިކޯ ލީގަލް ރިޕޯޓްތަކަށް ރިޔާއަތް ކުރާއިރު ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.