ބަންގްލަދެޝް ބޭންކް.. ފޮޓޯ: ވިކި
ބަންގްލަދެޝް ބޭންކް.. ފޮޓޯ: ވިކި
ދުނިޔެ 08 Nov 2026 | 13:02

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ހެޔޮކޮށް ބެހެއްޓުމަށާއި، ކާބޯތަކެތީގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ. މީގެ ސަބަބުން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބި، މުދާ އެތެރެކުރުމަށް ފަސޭހަވެގެންދާނެއެވެ.

މި ލުއިތައް ދިނުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ފުށް، ފިޔާ، މުގު، ތެޔޮ، ހަކުރު، ހަވާދުގެ ބާވަތްތައް އަދި ކަދުރު ހިމެނެއެވެ. މަރުކަޒީ ބޭންކުން ބޭންކުތަކަށް އިރުޝާދު ދީފައިވަނީ މި ބާވަތްތައް އެތެރެކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކަށް ބޭންކުތަކުން ހާއްސަ އިސްކަމެއް ދިނުމަށެވެ.

މި ނިންމުމަކީ ރަމަޟާން މަހު އާންމުކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާ ދިއުން ކުޑަކުރުމަށާއި، ކާބޯތަކެތީގެ ސަޕްލައި މެދުނުކެނޑި ހިފެހެއްޓުމަށް އެޅި ފިޔަވަޅެއްކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. އެ ބޭންކުން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާރިޗު މަހުގެ މެދަކާ ހަމައަށް މި އުސޫލަށް އަމަލުކުރަމުންދާނެއެވެ. މީގެ ކުރިން ބައެއް މުދާ އެތެރެކުރުމަށް 100 އިންސައްތަ މާޖިންއެއް ބަހައްޓަން ޖެހުނު ނަމަވެސް، މި އައު އުސޫލާއެކު ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް
08 Nov 2026 ދުނިޔެ

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް

ޖަޕާނުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް
05 Nov 2026 ކުޅިވަރު

ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް

ބަންގްލަދޭޝްއިން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. މި މޮޅާއެކު ބަންގްލަދޭޝްއަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބޮޑު އިތުބާރެއް ލިބިފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
30 Oct 2026 ދުނިޔެ

ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...